English Edition
Dhivehi Edition

ކީރިތި ޤުރުޢާނަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުޢާން ކިޔަވާ ދަރިވަރުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކައުންސިލް އިން ކޮންމެ އަހަރަކުވެސް ބާއްވާ ގދ.ތިނަދޫ ކައުންސިލްގެ އަހަރީ ޤުރުޢާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރުވެސް ހުޅުވާލައިފިއެވެ.

ގދ.ތިނަދޫ ސްކޫލް މަދަރުސާތަކާއި ޕްރީސްކޫލް ތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އާންމު ކޮންމެ ފަރުދަކަށްވެސް ބައިވެރިވޭވޭ ގޮތަށް އޮންނަ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ 19، 20 އަދި 21 ވަނަދުވަހުގައެވެ

އެއްވަނައަށް ދާ ފަރާތަކަށް ޢުމްރާ ދަތުރެއް ކަނޑައެޅިފައިވާ މި މުބާރާތަށް ކޮންމެ އަހަރަކުވެސް އާންމުންގެ ބޮޑުތަރުޙީބެއް ލިބެމުންއަންނަ ކަމަށް ކައުންސިލް އިން މައުލޫމާތު ދީފައިވެއެވެ. 6 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް. 19 އަހަރުންދަށް، 21 އަހަރުންދަށް އަދި 21 އަހަރުން މައްޗަށް އުމުރުފުރާ ބަހާލެވިފައިވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި ހިމެނިފައިވެއެވެ.

ކޮންމެ އަހަރަކުވެސް މާލެއިން ފަނޑިޔާރުން ގެނެސްގެން މިމުބާރާތް ކުރިޔަށް ގެންދިޔަ ނަމަވެސް މިއަހަރުގެ މުބާރާތަށް ފަނޑިޔާރުން ގެނެއުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީއިންނެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރިހަކީ 2020 ނޮވެމްބަރު 15 ވަނަދުވަހުގެ 12:00 އެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފޯރމް އަދި މުބާރާތުގެ ޤަވާއިދު ކައުންސިލް އިދާރާއި ލިބެން ހުންނާނެއެވެ. މިއީ ކައުންސިލް ގެ 8 ވަނަ ޤުރުއާން މުބާރާތެވެ.