English Edition
Dhivehi Edition

މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިޔަށް ގެންދާ ނެއިބަރހުޑް ޕޮލިސީންގެ ޚިދުމަތް ތިނަދޫ ގައި ތަޢާރަފް ކުރުމުގެ ތައްޔާރީތައް ވަމުން ދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ޚިދުމަތާ ބެހޭ ގޮތުން އެއޯ ނިއުސް އަށް މައުލޫމާތު ދެވަމުން ތިނަދޫ ޕޮލިސް އިން ވިދާޅުވީ މިޚިދުމަތުގެ ތެރެއިން ނެއިބަރހުޑް ސަޕޯރޓް އޮފިސަރސް ހަރަކާތްތެރިވާނެކަމަށާއި ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވޭ ފުރަތަމަ ބައްދަލުވުން ނޮވެންބަރުމަހު 3 ވަނަ ދުވަހު ހެދުނު ތިނަދޫ ސްކޫލް ހޯލްގައި ބޭވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނެއިބަރހުޑް ސަޕޯރޓް އޮފިސަރުން ކުރާނެ މަސައްކަތުގެ ތެރޭގައި ގޭބިސީތަކާއި ސަރަހައްދުތަކަށް ގަވާއިދުން ޒިޔާރަތް މައުލޫމާތުނަގާ ހިއްސާކުރުމާއި ސަރަހައްދުތަކުގައި ހިންގާ އާންމު އިޖްތިމާއީ މިންގަނޑާއި ޚިލާފު އަމަލުތަކާއި އެހެނިހެން ކުއްތަކަށް، އެސަރަހައްދު ބަލަހައްޓާ ޕެޓްރޯލް އޮފިސަރުންގެ އެހީއާއެކު ހައްލު ހޯދައިދިނުމާއި ސަރަހައްދުގައި ހިމެނޭ ކަމުވޮށިވެގެންވާ ފަރާތްތަކާއި ޤަވާއިދުން ބައްދަލުކޮށް މައުލޫމާތުނަގާ ހިއްސާކުރުމުގެ އިތުރުން ކުށްމަދުކުރުމަށާއި އަމިއްލަ ރައްކާތެރިކަމާބެހޭ މަޢުލޫމާތް ސަރަހައްދުގައި ހިމެނޭ އާއްމު ރައްޔިތުންނާއި ހިއްސާކުރުމާއި ސަރަހައްދުންލިބޭ މަޢުލޫމާތުތަކާއި އިންޓެލިޖެންސުން ލިބޭ މަޢުލޫމާތު ކަމާބެހޭ ފުލުހުންނާ ހިއްސާކޮށް ހައްލުހޯދައިވިނުން ހިމެނެ އެވެ.

ގދ. ތިނަދޫ ގައި މޯލްޑިވްސް ޕޮލިސްގެ ހިދުމަތް ތަޢާރަފް ކުރެވުނީ 2002 އަހަރުގައެވެ.