English Edition
Dhivehi Edition

އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި ހިދުމަތާއި ބެހޭ މައުލޫމާތު ދެމުން އުރީދޫ އިން ބުނީ އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ޚިދުމަތާއި އެކު، ކަސްޓަމަރުންނަށް މީރާއަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެކަމަށެވެ.އަދި އާންމު ފަރުދުންނަށާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް، ‘ވާރު ޕޭ’ ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބިގެންދާނެކަމަށް އުރީދޫ އިންވަނީ ބުނެފައެވެ،

އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންކަމަށް ފަސޭހަކަމެއް ގެނެސްދޭ އައު ޅިދުމަތްތައް ތަޢާރަފްކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން އަބަދުވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ. “އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތް. އަޅުގަނޑުމެންގެ ޕާރޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި މިއާއި އެކު، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް ދެއްކުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރަން.”ނަޖީބް ޚާން ވިދާޅުވިއެވެ.

‘ވާރު ޕޭ’ ގައި އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ފައިސާ ދެއްކުމަށް މި ކަންކަން ފުރިހަމަކުރައްވާ!

  • ‘ވާރު ޕޭ’ އެޕް ޑައުންލޯޑް ކުރައްވާ
  • ފައިސާ ދައްކަވަން ބޭނުންވާ ފީ ނަންގަވާ
  • މައުލޫމާތުތައް ފުރިހަމަކުރައްވާ
  • Payment ނެންގެވުމަށް ފަހު Continue to Pay ނަންގަވާ
  • m-Faisaa ނަންގަވާ
  • އެމް ފައިސާ ނަންބަރު ޖެއްސެވުމަށް ފަހު Pay ނަންގަވާ
  • އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ފައިސާ ދެއްކެވުން ފުރިހަމަކުރައްވާ.

އުރީދޫ އެމް-ފައިސާ އަކީ، ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށާއި، ޓްރާންސްފަރ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތެކެވެ. މީގެ އިތުރުން، ސްޓެލްކޯ، އެމް.ޑަބްލިއު.އެސް.ސީ، މީޑިޔާނެޓް އަދި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ތަފާތު އެކި ޚިދުމަތްތަކުގެ ބިލްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެއެވެ.

މި އެޕް މެދުވެރިކޮށް، ބަރަކާތްތެރި ރަމަޟާން މަހު، ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުޞަތުވެސް ފޯރުކޮށްދެއެވެ.

ތިރީގައިވާ ކަންކަން ފުރިހަމަކުރެއްވުމުން، އާ ކަސްޓަމަރުންނަށް، އުރީދޫ އެޕް މެދުވެރިކޮށް ވަރަށް ފަސޭހަކަމާއި އެކު އެމް-ފައިސާއަށް ރެޖިސްޓަރ ކުރެއްވޭނެއެވެ.

  • އުރީދޫ އެޕް ޑައުންލޯޑް ކުރައްވާ: http://ore.do/app
  • m-Faisaa ނެންގެވުމަށް ފަހު registration ނަންގަވާ
  • މައުލޫމާތުތައް ފުރިހަމަކުރެއްވުމަށް ފަހު، އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  • ފޯނު ނަންބަރު ޖެއްސެވުމަށް ފަހު 4 ނަންބަރުގެ ޕިންއެއް ޖައްސަވާ
  • އަނެއްކާވެސް، ފޯނު ނަންބަރު ޖެއްސެވުމަށް ފަހު، ކުރިން ޖެއްސެވި 4 ނަންބަރުގެ ޕިން ޖައްސަވާ
  • އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ، ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާ.

އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ ބޭންކް އެކައުންޓްތައް މެދުވެރިކޮށް، ޑިޖިޓަލް ވޮލެޓްތަކަށް ކޭޝްއިން ކުރެއްވޭނެއެވެ.