English Edition
Dhivehi Edition
އައްޑޫ ސިޓީ ނޭޗަރ ޕާކުގައި ކުރިއަށް ދާ ރަސްމިއްޔާތުގެ ތެރެއިން

16:16

“ބަޔޮސްފިއަރ ރިޒާވްގެ ހުރިހާ މިންގަނޑުތަކެއް އެންމެ ރަނގަޅު ގޮތުގައި ބެލެހެއްޓުމަށްޓަކައި އެއްބާރުލުން ދީ އެކަންތައް ކުރާނަން.” މޭޔަރ ސޯދިގް

Advt

Advertisement

16:15

މިވަގުތު ވާހަކަ ދައްކަވަނީ އައްޑޫ ސިޓީ މޭޔަރ އަބްދުﷲ ސޯދިގް

16:14

ޔުނެސްކޯއިން ކޮވިޑް19 ގެ ސަބަބުން މިފަދަ ދަތި ދުވަސްވަރެއްގައި ކައުންސިލް ބައްދަލުވުން ބޭއްވި ކަމަށްޓަކައި މިނިސްޓަރ ވަނީ ޔުނެސްކޯ އަށް ޝުކުރު އަދާ ކުރައްވާފައި.

16:12

“ބަޔޮސްފިއަރ ރިޒާވް އެއް ބެލެހެއްޓުމުގައި ދިވެހިރާއްޖެއިން ވަނީ މިސާލު ދައްކައިފައި. ފުވައްމުލައް އަދި އައްޑޫ އަށް ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބުމަކީ ލިބޭ ބޮޑު ފަހުރެއް. އެ ދެ އަތޮޅަކީވެސް ގުދުރަތީގޮތުން ވަރަށް ފުރިހަމަކަމެއް ލިބިގެންވާ ދެ އަތޮޅު” މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ނޭޗަރ ޕާކް ގައި ކުރިއަށްދާ ހަރަކާތް

16:10

މިހާރު ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

16:14

އައްޑޫ ސިޓީއަށް ބޮޔަސްފިއަރ ރިޒާވްގެ ލަޤަބް ލިބިއްޖެއެވެ. މި ލަޤަބް އައްޑޫ އަށް ލިބުނީ މިހާރު ކުރިއަށްދާ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގެ ބައްދަލުވުމުގައެވެ.

އައްޑޫ އިން ވަނީ ތިމާވެއްޓަށް ގެއްލުން ލިބޭނެ މަސައްކަތް ނުކުރެވޭނެ 7 ސަރަހައްދެއް (ކޯރ އޭރިއާ) ފާހަގަކުރެވިފައެވެ. އެ ސަރަހައްދުތަކުގެ ބޮޑުމިނުގައި 873.44 ހެކްޓަރ ހިމެނޭ އިރު އެއީ ރަށުގެ 87.79 ހެކްޓަރު އަދި ކަނޑުގެ ސަރަހައްދުން 785.65 ހެކްޓަރެވެ.

އައްޑޫ ސިޓީގައި ކޯރ އޭރިއާއަށް ސީދާ އަސަރުކުރާ މަސައްކަތްތައް ނުކުރެވޭ ސަރަހައްދު، ބަފަރ ޒޯންގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނުގައި ހުންނަނީ 1385.02 ހެކްޓަރެވެ. އެއީ ރަށުގެ 101.13 ހެކްޓަރ އަދު ކަނޑުގެ ސަރަހައްދުން 1283.89 ހެކްޓަރެވެ.

އާދައިގެ ގޮތުން މީހުން ދިރިއުޅޭ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދު، ޓްރާންސިޝަނަލް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯރ އޭރިއާ އަދި ބަފަރ ޒޯންގެ ބޭރުން ހިމެނޭ ހުރިހާ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގެ ބޮޑުމިނަކީ 13،566.19 ހެކްޓަރެވެ. އެއީ ރަށުގެ 1283.11 ހެކްޓަރާއި ކަނޑުގެ ސަރަހައްދުން 12،283.08 ހެކްޓަރެވެ.

އައްޑޫ ސިޓީއާއި އެކު މި ލަގަބު މިހާރު ދިވެހިރާއްޖެއިން ލިބިފައިވަނީ ބ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއަށެވެ.

16:14

އައްޑޫސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަޤަބް ލިބިއްޖެ

 

16:14: އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވް އަކަށް ހެދުމަށް ކައުންސިލް އަށް ހުށައަޅަން ތައްޔާރުވެއްޖެ

 

ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އަކަށް ވުމުގެ އުފަލުގައި ސްކޫލް ކުދިން މުނިފޫހިފިލުވުމުގެ އައިޓަމް ހުށައަޅައިދެނީ
ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އަކަށް ވުމުން އުފާ ފާޅު ކުރަނީ

16:14

ފުވައްމުލައް ސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ލިބިއްޖެ

16:11

ފުވައްމުލަކުން ބަޔޮސްފިއަރ ރިޒާވް އަށް ހެދުމަށް ހުށައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނަކީ އެ ރަށުން 491.7 ހެކްޓަރު އަދި އެ ރަށާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދުން 461.7 ހެކްޓަރު

އެރަށުން ވަނީ ތިމާވެއްޓަށް ގެއްލުން ލިބޭނެ މަސައްކަތް ނުކުރެވޭނެ 4 ސަރަހައްދެއް (ކޯރ އޭރިއާ) ފާހަގަކުރެވިފައި. އެ ސަރަހައްދުތަކުގެ ބޮޑުމިނުގައި 474.32 ހެކްޓަރ ހިމެނޭ. އެއީ ރަށުގެ 15.34 ހެކްޓަރު އަދި ކަނޑުގެ ސަރަހައްދުން 458.98 ހެކްޓަރ. މީގެ ތެރޭގައި ހިމެނެނީ އެކި ކަހަލަ ފަރުތަކާއި ޗަސްބިން ފަދަ ސަރަހައްދުތައް.

ފުވައްމުލައް ސިޓީގައި ކޯރ އޭރިއާއަށް ސީދާ އަސަރުކުރާ މަސައްކަތްތައް ނުކުރެވޭ ސަރަހައްދު، ބަފަރ ޒޯންގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނުގައި ހުންނަނީ 302.4 ހެކްޓަރ. އެއީ ރަށުގެ 100.29 ހެކްޓަރ އަދު ކަނޑުގެ ސަރަހައްދުން 202.11 ހެކްޓަރ.

އާދައިގެ ގޮތުން މީހުން ދިރިއުޅޭ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދު، ޓްރާންސިޝަނަލް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯރ އޭރިއާ އަދި ބަފަރ ޒޯންގެ ބޭރުން ހިމެނޭ ހުރިހާ ސަރަހައްދެއް. އެގޮތުން މި ސަރަހައްދުގެ ބޮޑުމިނުގައި ހިމެނެނީ 539.15 ހެކްޓަރ. އެއީ ރަށުގެ 376.07 ހެކްޓަރާއި ކަނޑުގެ ސަރަހައްދުން 163.08 ހެކްޓަރ.

16:10

ފުުވައްމުލައް ސިޓީ ބަޔޮސްފިއަރ ރިޒާވް އަކަށް ހެދުމަށް ކައުންސިލް އަށް ހުށައަޅައިފި.

16:06

މިވަގުތު ކައުންސިލަށް ހުށައަޅައިފައިވަނީ ލުކްސެންބަރގް ގެ މިނެޓް. މި ގައުމަށްފަހު ކައުންސިލަށް ހުށައަޅާނީ ފުވައްމުލައް ސިޓީ.

16:01

މިވަގުތު ކުރިއަށްދަނީ އަލަށް ބަޔޮސްފިއަރ ރިޒާވް އަށް ވުމަށް ހުށައަޅައިފައިވާ ގައުމުތަކުގެ ޕްރޮޕޯޒަލް ކައުންސިލް އަށް ހުށައެޅުން. މިހާތަނަށް 8 ސަރަހައްދެއް ވަނީ ކައުންސިލަށް ހުށައަޅައިފައި. ހުށައަޅައިފައިވާ ހުރިހާ ސަރަހައްދަކަށްވެސް ކައުންސިލުން ވަނީ ތާއީދުކޮށްފައި.

15:59

ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައަޅައިފައިވާ ގައުމުތަކުގެ ތެރެއިން މުއްދަތު އިތުރުކުރުމަށް ނުވަތަ ކަނޑައަޅައިފައިވާ ސަރަހައްދު ބަދަލުކުރުމަށް އެދި 6 ސަރަހައްދެއްގެ ނަން ވަނީ ކައުންސިލަށް ހުށައަޅައިފައި.

15:35

ވެށިސާފު ޖަމްޢިއްޔާގެ ކަނބަލުންތަކެއް އައްޑޫގެ ރަސްމިއްޔާތު ކުރިއަށްދާ ނޭޗަރ ޕާކްގައި މަޑުކޮށްލައިގެން.( ފޮޓޯ އެންވައިރޮމެންޓް މިނިސްޓްރީ)

15:32

ބަޔޮސްފިއަރ ރިޒާވް އަކަށް އައްޑޫސިޓި ވުމުގެ އުފަލުގައި ވެށި ސާފު ޖަމްޢިއްޔާއިން ތައްޔާރުކޮށްފައިވާ ކޭކު(ފޮޓޯ: ނޫރާ)

15:28

އައްޑޫސިޓީ ނޭޗަރ ޕާކުން މަންޒަރު ވަގުތުން

މުޅިން އަލަށް ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ހޯދުމަށް އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް ޖުމްލަ 26 ސަރަހައްދަކުން ވަނީ ކުރިމަތިލައިފައި.

15:18

މިވަގުތު ކުރިއަށްދަނީ ކައުންސިލް ބައްދަލުވުމުގެ އައިޓަމް 9، އަލަށް ބަޔޮސްފިއަރ ރިޒާވް އަށް ވުމަށް ހުށައަޅައިފައިވާ ސަރަހައްދުތަކާއި، ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި މިވަގުތު ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ މުއްދަތު އިތުުރު ކުރުމާއި ބަދަލު ގެނައުމަށް ހުށައެޅުން.

15:17

ފުވައްމުލައް ސިޓީގެ ކައުންސިލުގައި ކުރިއަށް ދާ ހަރަކާތް

15:14

އައްޑޫ ސިޓި ނޭޗަރ ޕާކް
ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލު ބައްދަލުވުން

15:03

ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލު ބައްދަލުވުން ފައްޓައިފި

14:53

ރަސްމިއްޔާތަށް އައްޑޫ ސިޓީ ނޭޗަރ ޕާކް ތައްޔާރުވެފައި. (ފޮޓޯ އޭއޯ ނިއުސް /އީން)

 

ބަޔޮސްފިއަރ ރިޒާވްގެ ލަގަބަކީ ރީތި ގުދުރަތީ ސިފަތައް ހުރެ މީހުންނަށް ދިރިއުޅެވޭނެ ފަދަ ސިފަތަކެއް އެތަންތަނުގައި ހުރި ތަންތަނަށް ދެވޭ ލަގަބެއް. ބަޔޮސްފިއަރ ރިޒާވްގެ ލަގަބު ދިނުމުގައި ދެވޭ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދެއްގެ ގުދުރަތީ ސިފަތަށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކުރެވޭނެ ކަންތައްތަކާއި އެ މާހައުލަކުން އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ލިބޭނެ ގޮތްތަކަށް ބަލާ ހަދާ. އެގޮތުން މިހާރު ދުނިޔޭގައި ޖުމްލަ 120 ގައުމެއްގައި މި ލަގަބު ލިބިފައިވާ 669 ސަރަހައްދެއް ހިމެނޭއިރު ދިވެހިރާއްޖެއިން މިހާތަނަށް މި ލަގަބު ލިބިފައިވަނީ ބ. އަތޮޅަށް އެކަނި.

ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް ކަލްޗަރަލް އޯގަނައިޒޭޝަން، ޔުނެސްކޯ އިން ދެމުން އަންނަ ހާއްސަ ލަގަބެއް ކަމުގައިވާ ބަޔޮސްފިއަރ ރިޒާވްގެ ލަގަބު މިއަދު އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ލިބިގެންދާނެއެވެ.

މި ލަަގަބު ރަސްމީކޮށް އައްޑޫ އަދި ފުވައްމުލަކަށް ލިބިގެންދާނީ މިއަދު ރާއްޖެ ގަޑިން 15:00ގައި ފެއްޓުމަށް ހަމަޖެހިފައިވާ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލުގައެވެ.

ކޮވިޑް-19ގެ ސަބަބުން އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރު މި ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި އުޅުއްވަނީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

އެންވަޔަރަމެންޓް މިނިސްޓަރުގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެ ވަޑައިގަންނަވަނީ:

  • އަބްދުﷲ ނަސީރު – އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ
  • އަބްދުﷲ ޝިބާއު – މެނޭޖިން ޑިރެކްޓަރ، ބ. އަތޮޅު ކޮންޒަވޭޝަން ފަންޑް، ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް
  • މުހުސިނާ އަބްދުލް ރަހްމާން – ސީނިއަރ އެންވަޔަރަމެންޓް އެނަލިސްޓް، ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ފޯކަލް ޕޮއިންޓް
  • މަރިޔަމް ރިފްގާ – އެސިސްޓެންޓް ޑިރެކްޓަރ، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ
  • އަބްދުﷲ ސޯދިގް – މޭޔަރ، އައްޑޫ ސިޓީ ކައުންސިލް
  • ފަލާހް ޝަރީފް – މޭޔަރ، ފުވައްމުލައް ސިޓީ
  • ޝާފީ އަލީ – އައުޓްރީޗް އޮފިސަރ، ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީސް
  • އަހުމަދު މައުސޫމް – މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޯރ ޔުނެސްކޯ، މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގެ ލައިވް އަޕްޑޭޓްސް އޭއޯ ނިއުސްގެ މި ބްލޮގް މެދުވެރިކޮށް ގެނެސްދޭނެއެވެ. އަދި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި މި ލަގަބު ލިބުމުގެ އުފަލުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތުވެސް މި ބްލޮގް މެދުވެރިކޮށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނެއެވެ.