English Edition
Dhivehi Edition
ތިނަދޫގައި ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން

އޭއޯ ނިއުސް އިން އައްޑޫސިޓީގެ ހުޅުދޫ އަދި މީދޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 10 ވަނަ ގްރޭޑާ ހަމައަށް ތައުލީމު ހާސިލްކޮށްފައިވާ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ އައްޑޫގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

މި ކޯހުގެ ފުރަތަމަ ބުރު ހިތަދޫގައި ފަށާފައިވާ އިރު ދެ ކުލާސް އެއްކޮށް އެއްވަނަ އަށް އަންނަ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމުގެ ބައިވެރިން

އައްޑޫގައި ކުރިއަށް ގެންދާ ކޯހުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ޚަބަރު ލިޔުމާއި އަދި ޓީވީ ޕްރެޒެންޓިން އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ކޯހުގައި ބައިވެރިވެވޭނެއެވެ. ކޯހުގައި ބައިވެރިވުމަށް ދައްކަން ޖެހޭނީ 250ރުފިޔާގެ ފީއެކެވެ. އަދި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7782034 އަށް ގުޅުމުން އިތުރު މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.