ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ދާއިރާއަށް އިންގިލާބެއް ގެނެސްދިން އުރީދޫ މޯލްޑިވްސް އިން އެ ކުންފުނީގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ކ. ވިލިމާލެ އަށް ތައާރަފްކޮށްފިއެވެ.
100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު އެ ރަށަށް މި ޙިދުމަތް ތައާރަފުކުރުމާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި އެ ކުންފުނީގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫގެ ތަސައްވަރާ އެއްގޮތުގެ މަތިންޑިޖިޓަލް ޙިދުމަތްތައް މެދުވެރިކޮށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އެކުންފުނިން ދަނީ އަބަދުވެސް ކުރަމުން ކަމަށެވެ. އަދި ހާއްސަކޮށް މި ދަނޑިވަޅަކީ އާންމު ދިރިއުޅުމުގެ ކަންކަމާއި ކުންފުނިތަކުންދޭ ހިދުމަތްތައްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަރޯސާވާލެއް އިތުރުވެފައިވާވާ ދުވަސްވަރަކަށްވުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފެންވަރު ރަނގަޅު ހައި ސްޕީޑް އިންޓަނެޓް ވަނީ ވަރަށް މުހިންމު ވެފައި ކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.
ހުސައިން އިތުރަށް ވިދާޅުވެފައިވަނީ ކ. ވިލިމާލޭގެ ރައްޔިތުންނަށް 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑްއާއި އެކު އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް ފޯރުކޮށްދީ އެ ރަށުގެ ރައްޔިތުންނަށް އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމުގައެވެ.
އުރީދޫއިން ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ހުސައިން ވަނީ ވިދާޅުވެފައެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށްވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މިބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑްއާއި އެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.