English Edition
Dhivehi Edition

އިންޑިއާގެ އަވަށެއް ކަމަށްވާ ގަޒައިބާދަށް އުފަން އުމުރުން 33 އަހަރުގެ ޑޮކްޓަރެއް ކަމަށްވާ އިސްމާއިލް އޭނަގެ ޕޭޝެންޓެއް މަރާލައިފި އެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު 7ވަނަ ދުވަހު ކަމަށް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ޓީ.އައި.އޯ ގައި ރިޕޯޓްކޮށްފައި ވެއެވެ.

ފުލުހުން ބުނީ ސެޕްޓެމްބަރ މުހުން ފެށިގެން ހަތަރު ކުދިންގެ މަންމަ އެއް ގެއްލިގެން އޭނަގެ ފިރިމީހާ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެމީހާ ނުފެނިގެން ހޯދަމުން ދަނިކޮށް މިހިނގާ އޮކްޓޯބަރުމަހު 15 ވަނަދުވަހު ގަޒައިބާދު ފުލުހުންނަށް ފޯނުކޮށްފައި، ހަރިޔާނާ ފުލުހުން އެ އަންހެންމީހާގެ ހަށިގަނޑު ފެނިފައިވާކަމަށް ބުނިކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން އިތުރަށް ބުނީ ހަށިގަނޑާ ހަވާލުވެ ބެލިބެލުމުން އެއީ އެއަންހެން މީހާކަމަށް ޔަގީން ވެފައިވާ ކަމަށެވެ.

އަންހެންމީހާ ގަޔަށް އިންޖެކްޝަން ޖަހައި މަރާލި ޑޮކްޓަރ

މިހާދިސާ ތަހުގީގު ކުރިފުލުހަކުބުނީ، އެއަންހެންމީހާގެ މަރުގެ ތަހުގީގަށް އޭނާގެ ފޯނު ކޯލްރިކޯޑިންގ އަށް ބަލާފައި ޑޮކްޓަރު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ. “އެންމެ ފުރަތަމަ ޑޮކްޓަރާއި ސުވާލުކުރުމުން އެއްބަސްނުވި. އެކަމަކު ފަހުން އެނާ ބުނީ އެ އަންހެންމީހާ އޭނަގެ ކްލިނިކަށް ވަރަށް ގިނައިން ފަރުވާ ހޯދަން އަންނަ ކަމަށާއި، އެހާހިސާބުން ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދި އޭނަ އަބަދު ކައިވެނި ކުރަން އަހާތީ އެކަމާ އޭނަ ނުރުހޭކަމަށާއި ދެމީހުންނަކީ ކައިވެންޏެއް ކޮށްގެން އުޅޭ މީހުން ކަމަށްވާތީ އެކަން ކުރެވެން ނެތް ކަމަށް އިސްމައިލް އެ އަންހެންމީހާއަށް ވިސްނައިދޭން މަސައްކަތްކުރި. ނަމަވެސް އަންހެން މީހާ މާގިނައިން އެވާހަކަ ދައްކާތީ ކައިވެނި ކުރާނަމޭބުނެ ޗަންދިގަރަށް ގެންދިޔައީ” ފުލުސްމީހާ ބުންޏެވެ.

ޗަންދިގަރ އަށް ދިޔަ މަގުމަތީގައި ދެމީހުން ޒުވާބުކޮށް އަންހެން މީހާ ނޭވާހަސްވާން ފެށިކަމަށް އިސްމާއިލް ތަހުގީގަށް ކިޔައިދީފައި ވެއެވެ. އޭއަކީ “އާސްތްމާ” ހުންނަ މީހެއް ކަމަށާއި ނޭވާ ހަސްވާންފެށުމުން 3 ވައްތަރެއްގެ އިންޖެކްޝަން ގަނެގެން ކުލީ ކޮޓަރިއަކަށް ގެންގޮސް އޭނަގެ ގަޔަށް އިންޖެކްޝަން ޖެހުމުން ހޭނެތުމުން ފޮތިގަނޑެއް ކަރުގައި އޮޅާލުމަށްފަހު މަރާލާފައި ހަށިގަނޑު ކުރުޝްތެރާ ކިޔާ ސަރަހައްދަކަށް އެއްލާލާފައި އެނބުރި ކްލިނިކަށް އައީ ކަމަށް އިސްމާއިލް ވަނީ ތަހުގީގަށް ކިޔައިދީފައެވެ.

އިސްމާއިލްގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނަނީ، އައި.ޕީ.ސީ ސެކްޝަން 302 ވަނަމައްދާގައި ބުނެފައިވާ ގޮތަށް ގަސްތުގައި މީހަކު މާރާލުމާއި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފައިވާތީ އާއި ފުލުހުންނަށް ނުބައި މައުލޫމާތު ދިނުމުގެ ކުށް ސާބިތުވެފައިވާ ކަމަށެވެ. އިސްމާއިލްގެ މައްޗަށް ކުށް ސާބިތުވެ މިހާރު ވަނީ ޖަލަށްލައިފައެވެ.