English Edition
Dhivehi Edition
ށ. ފޯކައިދޫ - ފޮޓޯ: އެޓޯލްސް އޮފް މޯލްޑިވްސް

ށ. ފޯކައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި އެ ރަށުގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގ ިހަމަނުޖެހުމެއްގައި، އޭގެ ތެރެއިން އެކަކު އަނެއް ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރާ ގޮތުގައި އެ މައްސަލައާއި ގުޅިގެން އުމުރުން 43 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި، އެ މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.