English Edition
Dhivehi Edition

1442 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ތައްޔާރުކޮށް ނެރޭ “ޤައުމީ ލަވަ އަލްބަމް” މިއަދު ނެރެފިއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ވެފައިވަނީ “ތެދުވެރިކަން-ޤައުމިއްޔަތުގެ އަސްލު” މި ތީމަށެވެ. ޖުމްލަ 07 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފުންނާބު އުސް ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވާފައި ވަނީ އަމީނާ މުފީދު، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު)، ޢަލީ ޖައިޝާން ޢާމިރު، ކޮމާންޑް ސާޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ޖައުފަރު ޢަބްދުލް ރަޙްމާނު، އަދި މުޙައްމަދު ޢަބުދުލް ޣަނީ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކެއް ހިމަނޭ ލަވަތައް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އަލްބަމަށް ލަވަކިޔުއްވާފައިވާ ލަވަ ކިޔުންތެރިންގެ ތެރޭގައި މުޙައްމަދު ޢަބުދުލް ޣަނީ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ސަމާހާ މޫސާ ދީދީ، އައިޝަތު ޖައިޝާ ވަޙީދު، ޙުސައިން ހަމްދޫން، ރާފިޔަތު ރަމީޒާ، އިބްރާހީމް ވަޙީދު (ބޮޑުބެ)، އިބްރާހީމް މަމްދޫހު (މަންޑޭ)، ޙަސަން ތޮލާޤް، ނާޝިދާ އަޙްމަދު، ޕ. މުޙައްމަދު މާޙިދު (މާޓު)، ފަސްޓް ލެފްޓިނަންޓް ހުސައިން ޢަލީ، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ޕްރައިވެޓް އައިމިނަތު ޢަނާނާ، މުސާ ޠާރިޤު، ޚަދީޖާ މުޙައްމަދު (ރިޒޫ)، މުޙައްމަދު ޝުހެއިލް، އަޙްމަދު ޖައިލަމް (ބޭ)، ޑރ. ފާތިމަތު ޝިފްނާ (ޝިފޫ)، ޕްރައިވެޓް މޫސާ ކަލީމް، އަދި ޝަލަބީ އިބުރާހިމްގެ އިތުރުން މަރިޔަމް އަޝްފާ ހިމެނެއެވެ.

މި އަލްބަމްގެ ރާގު ހައްދަވާފައިވާ ފަރާތްތަކުގެ ތެރޭގައި ލެފްޓިނެންޓް ކާނަލް ޢަލީ މަނިކު (ދާރީ)، ވޮރަންޓް އޮފިސަރ 1 ޢަބްދުﷲ އިލްހާމް އިބްރާހީމް (އިއްލެ)، ވޮރަންޓް އޮފިސަރ 1 ޔޫސުފް ޝިމާޒް، އިބްރާހީމް މޫސާ ފިކްރީ، ލާންސް ކޯޕްރަލް ފަތުޙުﷲ ޝަކީލް ޙުސައިން، ޕްރައިވެޓް މުޙައްމަދު މާޙިދު (މާޓު) އަދި އަމްރާ މުޙައްމަދު ޢާމިރު ހިމެނެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅުވައިގެން ނެރުނު މި އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައް ވެސް ވަނީ އެމްއެންޑީއެފްގެ އޮފިޝަލް ޔޫޓިއުބްއަށް ޗެނަލް އަށް އަޕްލޯޑު ކޮށްފައެވެ. މިއަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސް އާއި ވއ2 އިބްރާހީމް އަޙްމަދު އަދި އަލްފާޟިލް އައްޝަރު ވަޙީދެވެ.

މިއީ 2002 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ޤައުމީ ލަވަ ސީޑީގެ 19 ވަނަ އަލްބަމެވެ. މި އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑު ކުރެވޭނެއެވެ.