Nafsaanee balithakun araigathumah mulhi mujuthamauge alhaalumaai eheetherikan beynunvey: Raees - AO News
English Edition
Dhivehi Edition

Worldwide

  • 43,328,174confirmed
  • 31,900,636recovered
  • 10,268,529active
  • 1,159,009deaths

Maldives

  • 11,505confirmed
  • 10,524recovered
  • 944active
  • 37deaths

ކޮވިޑް 19 ކަވަރޭޖް

3 ހަފްތާ ކުރިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އަޅައިލުމާއި އެހީތެރިކަން ލިބިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އިސްނަގައިގެން ރޭ “ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް” ގެ ނަމުގައި ބޭއްވި ޚާއްޞަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advt

Advertisement

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހަކީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. އެ ދުވަހާއި ގުޅުވައިގެން ޑަބްލިޔު.އެޗް.އޯ. އިން ބޭއްވި ހަރަކާތުގައި ދިވެހި ބަހުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި، އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެކަމުގައެވެ. އަދި، އެ މަނިކުފާނު ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރަށް އަލިއަޅުއްވައިލައްވާ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ކޯވިޑް-19 ގެ ހާލަތަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ޚާއްޞަކޮށް، މި ބަލިމަޑުކަމާއި ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ “ސީރިއަސް” ބަލިތަކެއްކަމުގައި ވިދާޅުވެ، އެ ފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ހަނދުމަކޮށްދެމުންނެވެ. އަދި، އެފަދަ ބަލިތައް ތަޙައްމުލުކުރަމުންދާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއީ “ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް” ގެ ނަމުގައި ޑަބްލިޔު.އެޗް.އޯ. އިން އިސްނަގައިގެން އޮންލައިންކޮށް އެފަދަ ހަރަކާތެއް ބާއްވާފައިވާ ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އެ ހަރަކާތުގައި ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ޑަބްލިޔު.އެޗް.އޯ. ގެ ޑިރެކްޓަރ-ޖެނެރަލާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ޑަބްލިޔު.އެޗް.އޯ. ގެ ބައެއް ގުޑްވިލް އެމްބެސެޑަރުންނާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި، ބައެއް ޤައުމުތަކުގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.