English Edition
Dhivehi Edition

މި މަހުގެ 07 ވަނަ ދުވަހު އިންޑީއާގެ ދިއްލީ އިން ފުރައިގެން ބެންގަލޫރަށް ދަތުރުކުރި އިންޑިގޯގެ ފްލައިޓެއްގެ ތެރެއަށް އަންހެނަކު، ކުއްޖަކު ވިހައިފިއެވެ.

ދުވަސްނުފުރާ ވިހެއި މިކުއްޖާގެ ފޮޓޯތައް މިހާރު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު، މި އަންހެންމީހާ ވިހެއުމުގައި އެހީތެރިވި ޑޮކްޓަރަށްވެސް މިއީ މުޅިން އާ ތަޖުރިބާއެއްކަމަށް މީޑިއާ ރިޕޯޓްތައްވަނީ ބުނެފައެވެ. މި ހާދިސާ ހިނގި ގޮތް ހިއްސާކުރަމުން ބޭރުގެ މީޑިއާތަކުން ބުނީ ފްލައިޓް ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން މޮނިކާގެ ބަނޑުގައި ރިއްސަން ފެށިކަމަށާއި ފުރަތަމަ ހީކުރެވުނީ އެއީ ބަނޑުގައި ވައިހެދުމުގެ ސަބަބުން ދިމާވި އުދަގުލެއްކަމަށެވެ. އޭނާގެ ނަސީބު ދިމާކުރިގޮތުން އެވަގުތު އެ ފްލައިޓްގައި ޑޮކްޓަރެއް އިންކަމަށާއި ޑޮކްޓަރު ވަގުތުން މޮނިކާއަށް ފަރުވާދޭން ފެށިކަމަށްވެސް ރިޕޯޓްތައްވަނީ ބުނެފައެވެ “ބްލީޑްވާން ފެށުމުން ވަގުތުން ފްލައިޓްގެ ކުރޫއިންގެ ސަމާލުކަމަށް އެކަން ގަނައީ” ޑޮކްޓަރާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

ކޮވިޑް19 ގެ ނުރައްކާތެރި މި ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޑޮކްޓަރާއި ފްލައިޓްގެ ކުރޫއިން ކުރި މަސައްކަތުން މާ ބޮޑު މައްސަލައެއް ދިމާނުވެ މޮނިކާ ފިރިހެން ކުއްޖަކު ވިހެއިރު، ދަރިފުޅާއި މަންމަގެ ހާލުވެސް ރަނގަޅުކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ. ބަރުދަނުގައި 1.82ކިލޯ ހުރި މިކުއްޖާ އާއި އެކު އިންޑިގޯގެ ކްރޫއިން ނަގާފައިވާ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާއިރު ގިނަ ބަޔަކުވަނީ މި ކުއްޖާއަށް އަބަދުވެސް އިންޑިގޯއިން ހިލޭ ދަތުރުކުރެވޭނެތޯ ސުވާލުކޮށްފައެވެ.