English Edition
Dhivehi Edition

އިންޑިއާގެ ބެންގަލޫރުން ފުރައިގެން ޕަޓްނާ ސިޓީއަށް ދަތުރުކުރި މަތިންދާ ބޯޓުގައި ތުއްތުކުއްޖަކު ނޭވާހާސް ވެގެން މަރުވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯރޓް ކޮށްފައި ވާގޮތުގައި މިހާދިސާ ހިނގީ އިންޑިގޯ އެއަރ ލައިނުން އުމުރުން ހަތަރު މަހުގެ ތުއްތުކުއްޖާގެ މައިންބަފައިންނާއެކު ދަތުރު ކުރަމުން ދަނިކޮށެވެ. ނަމަވެސް ބޯޓުނައްޓާލިތާ ގިނަ އިރު ތަކެއް ނުވެ ތުއްތު ކުއްޖާ ނޭވާ ހާސްވާން ފެށުމުން ބޯޓު ވަނީ މިސްރާބު ބަދަލުކޮށް ހައިދްރާބާދު އެއަރ ޕޯރޓަށް ޖައްސާފައެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ މިހާދިސަގައި ހައިދްރާބާދަށް ބޯޓްޖެއްސި އިރު ޑޮކްޓަރަކާ އެމްބިއުލާންސެއް ގެ އެހީތެރިކަން ފޯރުކޮށްދީފައި ވާ ކަމަށާއި ނަަމަވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު ކުއްޖާގެ ފުރާނަ ވަނީ ގެއްލިފައި ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވަނީ މިހާދިިސާހިނގީ ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އެހެން ނަމަވެސް އެވެސް ބައެއްގެ އިހުމާލެއް މިކަމުގައި ނުވާ ކަމަށެވެ. އަދި ހުރިހާކަމެއްވެސް ދިޔައީ އެކަން އޮންނަ އުސޫލުންކަމަށެވެ.

މިހާދިސާގައި ނިޔާވި ހަތަރު މަހުގެ ތުއްތު ކުއްޖާ ދަތުރު ކުރި އެއަރ ލައިނުންވަނީ އެކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ.