English Edition
Dhivehi Edition

އައްޑޫ ސިޓީ އިން މި މަހުގެ 3 ވަނަ ދުވަހު ހައްޔަރު ކުރެވުނު މަޝްހޫރު ފުޓުބޯޅަ ތަރި ޝަމްވީލް ގާސިމް (ބޮންޑާ) ދޫކޮށްލައިފިއެވެ.

އައްޑޫ ސިޓީގައި އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިންގި ހާއްސަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ބޮންޑާ އާއި އެއްކޮށް އިތުރު 14 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބޮންޑާއާއި އެކު ހައްޔަރު ކުރެވުނު އެންމެން މި މަހުގެ 4 ވަނަ ދުވަހު މުއްދަތު ޖެހުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ ގެންގޮސްފައެވެ. އެދުވަހު ބޮންޑާއާއި އެކު އެ މައްސަލައިގައި ހައްޔަރު ކުރެވުނު އިތުރު 12 މީހަކަށް ވަނީ 5 ދުވަހުގެ މުއްދަތު ޖަހާފައެވެ.

ބޮންޑާ ބަންދުގެ މުއްދަތު ހަމަވުމުން ދޫކޮށްލައިފައިވާއިރު މީގެ ކުރިން ބޮންޑާގެ ވަކީލު އިބްރާހިމް ޝަމީލް ވަނީ ބޮންޑާއާއި މަސްތުވާތަކެއްޗާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި ހިންގުނު އެ މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ވަނީ 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.