English Edition
Dhivehi Edition

އިންޑޮނޭޝިއާއިން ފަށައިގެން އެއްގަމު މަގުން 9000 ކިލޯމީޓަރަށް ހިނގާފައި މީހަކު މައްކާއަށް ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް ގޮސްފިއެވެ.

އިންޑޮނޭޝިއާގެ ރައްޔިތެއް ކަމައްވާ 28 އަހަރުގެ މުހައްމަދު ޙާމީމް ސެޓިއަވަން މައްކާ އަށް ފޯރީ ހަމަ ހައްޖުގެ އަޅުކަމަށް ހަމަ ސީދާ ވަގުތަށެވެ. .މިދަތުރުގައި 9 ގައުމު ހުރަސް ކޮށްފައި ސައުދީ އާއި ހަމައަށް އެނާ ވަނީ އައިސްފައެވެ. އެނާ ހުރަސް ކުރި ގައުމު ތަކަކީ އިންޑޮނޭޝިއާ، މެލޭޝިއާ، ތައިލޭންޑް، މިޔަންމާ، އިންޑިއާ، ޕާކިސްތާން، އޮމާން، ޔޫއޭއީގެ އިތުރުން ސައުދި އަރަބީއްޔާއެވެ.

އެނާގެ ގިނައިން ދަތުރު ކޮއްފައިވަނީ ރޭގަނޑުގެ ވަގުތުގައެވެ. މިދަތުރުގައި އެނާ ލައިގެން ހުރި ޓީޝާޓުގައި ޖަހާފައިވަނީ ” އަހަރެން ފައިމަގުގައި މިދަނީ މައްކާއަށް. އަދި ﷲ އަށް ފުރިހަމަ އިތުބާރު އާއި އެކު ހުރިހާ ކަމެށް ދޫކުރަން” އެވެ.

އެނާ ރޭގަނޑު ގަޑީގައި ދަތުރު ކުރާއިރު ގިނައިން ނިދަނީ މިސްކިތްތަކުގައި އާއި ރަށެއްގެ ބަޔެއްގެ ގޭގައި ނުވަތަ ޖަންގަލީ ތެރޭ ކޭމްޕް ހަދައިގެންނެވެ. އެނާ ގިނަ ދުވަހު ހުންނަނީ ރޯދައަށެވެ. އަދި މީހެއްގެ ކިބައިން ދުވަހަކުވެސް ދަތުރު މަތީ ސަލާން ޖަހާފައި ނުވާކަމަށް އެނާ ބުންޏެވެ.

އޭނާ ދަތުރު މަތީގައި ވަރަށް ގިނަ ތަންތަނަށް ޒިޔާރަތް ކުރިއެވެ. އަދި އެކި މީހުން އެނާއަށް ވަނީ އެހީތެރި ވެދީފައެވެ. އެގޮތުން ތައިލޭންޑުގެ ބުދިސްޓުންގެ ބަޔަކު އެމީހުންގެ ފައްޅި ދައްކާލި ކަމަށާއި މިޔަންމާގެ ރަށްފުށު މީހުން ކާންދިން ކަން އެނާ ފާހަގަ ކުރިއެވެ. އަދި އެނާއާއި އެކި ގައުމު ތަކުގެ މުސްލިމް އިލްމުވެރިންނާ އެއްފަހަރާ ދިމާވިއެވެ. އަދި އެމީހުންގެ ފުށުން ވަރަށް ބޮޑަށް އުނގެނިގަތް ކަމަށް އެނާ ބުނެފައިވެއެވެ. އެއީ އިންޑިއާގެ ޖަމާއަތުއް ތަބްލީގް މިސްކިތުންނެވެ.

ޙާމީމް ބުނިގޮތުގައި އެނާ އިސްލާމް ދީން އެނގިގަތުމަށްޓަކައި އަދި އީމާންތެރިކަން ވަރުގަދަ ކުރުމަށް އެނާ ބޭނުންވީ އެކި ގައުމު ތަކުގެ ދަންނަ ބޭކަލުން އަރިހުން ދަސް ކުރުމަށާއި އަދި އެބައި މީހުންގެ ސަޤާފަތް ފެނި އެނގިގަތުމައް ކަމުގައެވެ.