English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން - ފޮޓޯ: ނިޝާން އަލީ (މިހާރު)

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ހުޅުމާލޭގައި އުމުރުން 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުޚުލާޤީ ޢަމަލު ހިންގި ކަމަށް ބުނާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ 16:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 29 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ފިލްމީ ތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ރިހުލާއެވެ. އެ މައްސަލައާއި ގުޅިގެން އެމީހުން ހައްޔަރުކުރުމަށް ގޮވާލައި، އެ ދެމަފިރިން ދިރިއުޅޭ ގެ ކައިރީގައި އިއްޔެ ބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ.