English Edition
Dhivehi Edition

ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެ އެވެ.

ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް ރާއްޖެ އައިސްފައިވަނީ “އައިއެންއެސް ސުނޭނާ” އެވެ،

އެމްއެންޑީއެފް އިން ބުނީ މިއީ އެމްއެންޑީއެފްގެ ކޯސްޓް ގާޑާއި އިންޑިއާގެ ކަނޑުގެ ސިފައިން ގުޅިގެން ސިލްސިލާކޮށް ހިންގާ ޖޮއިންޓް މެރިޓައިމް ސާފޭސް ސަވައިލެންސް ޕެޓްރޯލެއްކަމަށެވެ. އިތުރަށް އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށީގެން އަންނަ މަހު ހަތަރު ވަނަ ދުވަހާ ހަމައަށްކަމަށެވެ. ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ތަމްރީންތައް ނިންމުމަށްފަހު އަންނަ މަހު ހަތަރު ވަނަ ދުވަހު އެ މަނަވަރު ފުރާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 70 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލެވެ. 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފަ އެވެ.