English Edition
Dhivehi Edition

ފުވައްމުލައް ސިޓީ މާލެގަން ސްޕޯޓްސް ކްލަބް އިން އިންތިޒާމުކޮށްގެން މިއަދު އެ ސިޓީގައި މާލެގަން ކަނބަލުން ފުޓްސަލް ޗެލެންޖް 2020ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފައްޓައިފިއެވެ.

މާލެގަން އަންހެން ކަނބަލުން ފުޓްސަލް އަށް އަހުލުވެރި ކުރުވައި އަވަށް ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަން އުފެއްދުމުގެ އުއްމީދުގައި ކުރިއަށް ގެންދާ މި މުބާރާތް ކުރިއަށް ދާނީ މި ހަފްތާ ބަންދު ތެރޭގައެވެ. މުބާރާތާއި ބެހޭގޮތުން ވާހަކަ ދައްކަމުން މާލެގަން ސްޕޯޓްސް ކްލަބްގެ މެނޭޖަރ ބުނި ގޮތުގައި މި މުބާރާތް މިފަހަރު މާލެގަން އަވަށަށް އެކަނި ހުޅުވާލައިފައި ވީނަމަވެސް ކުރިއަށް އޮތް ތަނުގައި މިފަދަ މުބާރާތެއް މުޅި ރަށަށް ހުޅުވާލައިގެން ގެންދިއުމުގެ ވިސްނުން އެ ފަރާތުން އަންނަނީ ގެންގުޅެމުންނެވެ.

މުބާރާތުގައި މިފަހަރު ޖުމްލަ 4 ޓީމު ބައިވެރިވެފައިވާއިރު މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ މާލެގަން ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ ތެރެއިން މާދަމާ 12 އަހަރުން ދަށުގެ ފިރިހެން ކުދިންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކުގައި ފުޓްސަލްގެ ފޯރި ވަރަށް ގަދަޔަށް ހިފައި ފުޓްސަލް ކުޅުންތެރިން އިތުރުވަމުން އަންނަ އިރު މާލެގަން ޒުވާނުން އަންނަނީ ރަށުގައި ހިންގާ އެކިކަހަލަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.