English Edition
Dhivehi Edition

 

މާލެ ވެސްޓްޕާކް ކައިރިއަށް ސްނޯކްލިންއަށް ދިޔަ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ ހަށިގަނޑު އެސަރަޙައްދުން މޫދު އަޑީގައި އޮތްވާ ކޯސްޓުގާޑުގެ ޑައިވަރުން ޢާއްމު ޑައިވަރުން ގުޅިގެން ކުރި މަސައްކަތުން ފެނިފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު މިހާރުވަނީ އައިޖީއެމްއެޗަށް ގެންދެވިފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މިޙާދިސާގެ މަޢުލޫމާތު މިއަދު ހަވީރު 4:36 ގައި ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދެވި ކަމަށެވެ.

މިމީހާ ސްނޯކްލިން އަށް ފޭބީ މިއަދު މެންދުރު ކުރީގެ ވަގުތެއްގައެވެ. މަރުވެފައި އޮތްވާ ފެނިފައިވަނީ މ. ބޮއިލިން ފިޝް ޢުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު އެވެ.