English Edition
Dhivehi Edition

ޑެރެކް ރަބެލޯ އަކީ، ހިއްސެއް މަދު ވިޔަސް ތިމާ ހާސިލް ކުރަން ބޭނުން ކަމެއް ހާސިލް ކުރެވިދާނެ އަންގައިދޭ ލާމަސީލު މިސާލެކެވެ. އުފަންވި އިރުވެސް ލޮލުގެ ފެނުމުން މަޙްރޫމު ވެފައިވާ ރަބެލޯ އަކީ މިހާރު ދުނިޔޭގެ ފެންވަރުގެ ރާޅާއެޅުންތެރިއެކެވެ.

ރަބެލޯގެ ބައްޕަ އަކީ އެނާ އަށް ފިރިހެން ދަރިޔަކު ލިބުނީއްޔާ ވަރުގަދަ ރާޅާއެޅުން ތެރިއަކަށް ހެދުމުގެ އަޒުމުގައި ހުރި މީހެކެވެ. ނަމަވެސް އެނާގެ ބައްޕަ އަޒުމު ދޫކޮއްނުލައެވެ. އަދި ދަރިފުޅު ރާޅާއެޅުން ތެރިއަކަށް ހެދުމަށް އަބަދުވެސް ދިޔައީ ކެނޑިނޭޅި ހިއްވަރު ދެމުންނެވެ.

މިގޮތުން އުމުރުން 17 އަހަރުގައި ރަބެލޯ ރާޅާއަޅަން ފެށިއެވެ. މަދު އަހަރު ތަކެއްގެ ތެރޭގައި ރާޅާ އެޅުމުން އޭނާ ވިދާލިއެވެ. އަދި އާންމު ރާޅާއެޅުން ތެރިއަކަށް ވުރެ ރަނގަޅަށް ރާޅު ބާނި ތައް ނަގާ ގޮތް އަޑު އިވި އިހްސާސް ކުރެވޭ ކަމަށް އެނާ ބުނެއެވެ.

“އަހަރެން ކަނޑުގެ އަޑު އަހަނީ. ކަނޑުގެ ކޮންމެ ރާޅެއްގެ ކޮންމެ ބައެއްގައިވެސް އިވޭ އަޑު ތަފާތު. އެގޮތަށް އަހަރެން ރާޅާ އަޅަންވީ ކޮޅު ނިންމަނީ.” ކަމަަށް އެނާ ބުންޏެވެ.

މީހުންނަށް އޭނާ އެނގެން ފެށީ ހަވާއީގެ މަޝްހޫރު ‘ޕައިޕްލައިން ބްރޭކް’ ގައި ރާޅާ އަޅަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯއަކުންނެވެ. އެ ވީޑިއޯ އިންޓަނޭޓުގައި ވަރަށް ބޮޑަށްމަޝްހޫރު ވެގެން ދިޔައެވެ. އަދި މަޝްހޫރު ފިލްމް މޭކާރ ބްރަޔަން ޖެނިންގްސް އަށް ފެނުނެވެ. އަދި ޖެނިންގްސް ރަބެލޯގެ ހުނަރުވެރިކަން ފެނިފައި ހައިރާން ވިއެވެ. ސަބަބަކީ ލޯ އަނދިރި މީހަކު އެއްވެސް ދަތި ކަމެއް ނެތި ރާޅާ އަޅަމުން ދިއުމުންނެވެ. އެހެން ކަމުން ރަބެލޯ އަށް ފިލްމެއް ތައްޔާރު ކުރަން އެނާ ނިންމިއެވެ.

ފިލްމް ބަލާލަން ޖެހޭ ސަބަބާ ގުޅޭގޮތުން ބްރަޔަން ބުނެފައިވަނީ، ” މިފިލްމު ބަލާލުމަށް އައިލާގެ އެންމެން، ކުޑަކުދިންވެސް ބޮޑެތި މީހުންވެސް ދިއުމަށް އެދެން. ވަރަށް މަދުން މީހުންނަށް ހިއްވަރު ލިބޭ ކަހަލަ ފިލްމުތައް ނެރެނީ. އެހެން ކަމުން މިއީ މި ޖީލަށް ކޮންމެ ކަމެށް ވެސް ކުރެވިދާނެ ކަމުގެ ހިއްވަރު ދޭ ފިލްމެއް.” އެވެ. މިއީ 2014 ވަނަ އަހަރު ނެރުނު ބިޔޮންޑް ސައިޓް ކިޔާ ފިލްމެކެވެ.

ރަބެލޯގެ ހަޔާތުގެ ބައިވެރިޔާއާއި ދިމާވެފައިނީ އޮސްޓްރޭލިއާއަށް ވާހަކަ ދެއްކުމުގެ ޓުއާ އެއްގައި ގޮސް އުޅެނިކޮށް، މެޑެލިން ކުނާޓް ވިކްޓޯރިއާ ލައިފް ސެންޓަރުން އަޅައިގަނެ ވެއްޓުނު ހިސާބުންނެވެ. މިހާ ހިސާބުން ދެމީހުން ވާހަކަ ދެކެވި ދެމީހުންނަށް ވެސް ލޯބި ވެވިއްޖެއެވެ.

ޑެރެކް ރަބެލޯގެ ވާހަކަ އިވޭ ކޮންމެ މީހަކަށް އެއީ ވަރުގަދަ މިސާލެކެވެ. ރަބެލޯ ބުނެފައިވަނީ އެނާ އަށް ފަތަން، ސްކޭޓް ކުރަން، ރާޅާ އަޅަން އަދި ބައިސްކަލް ދުއްވަން ވެސް އެނގޭ ކަމުގައެވެ. އެނާ ހާސިލް ކޮއްފައިވާ ކަންކަމަކީ ހަމަ ޔަގީނުންވެސް ލޮލުގެ ފެނުން މަޙްރޫމު ވެފައިވާ މީހަކަށް ނުވާނެ ކަމަށް ގިނަ މީހުން ގަބޫލް ކުރާނެ ކަންކަމެވެ. ނަމަވެސް މަސައްކަތް ކޮއްފީއްޔާ ނުވާނެ ކަމެއް ނެތްކަން ރަބެލޯ މިވަނީ ސާބިތު ކޮއްދީފައެވެ.