English Edition
Dhivehi Edition
ރާއްޖޭގައި ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން ފުލުހުން އާންމުގެ އެހީތެރިކަމަށް އެދިއްޖެއެވެ. ފުލުހުން ހޯދަން އިއުލާންކޮށްފައި ވަނީ އެމް.ޑީ ފޮއިސަލް ސަރުކާރު ނަމަކަށް ކިޔާ ބަނގުލަދޭޝް މީހެކެވެ.
ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، ފިލައިގެން ހޯދަމުންދާ މީހާއަކީ ސްޕޮންސާއަށް ފިލައިގެންގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ޤާނޫނާ ހިލާފަށް ދިވެހި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، މޯލްޑިވްސް އިމިގްރޭޝަނުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ ހޯދަމުންދާ މީހެކެވެ.
ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ވެސް އެދިފަ އެވެ.
ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު 2019 ވަނަ އަހަރާއި ހަމައަށް، އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކަގޮތުން ރާއްޖޭގައި 144,607 ބިދޭސީން އުޅެއެވެ. އޭގެތެރެއިން 63،000 ބިދޭސީންނަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ.