English Edition
Dhivehi Edition
ރާއްޖެއެމްވީ

އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ބައެއް ކަންކަން އެ އޮތޯރިޓީން ދޮގުކޮށްފިއެވެ.

ކޮވިޑް-19ގައި އެންޑީއެމްއޭއިން ކޮށްފައިވާ ހަރަދުތައް އޮޑިޓްކޮށް އިއްޔެ ނެރުނު ރިޕޯޓުގައި ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާއިރު އެ ރިޕޯޓުން ހާމަވާ ގޮތުގައި އެ އޮތޯރިޓީން ގިނަ ތަކެތި ގަނެފައި ވަނީ އާންމުކޮށް ތަކެތި ވިއްކާ އަގަށް ވުރެ ދެ ގުނަ ބޮޑުކޮށެވެ. އަދި ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ވެސް އަގު ބޮޑުކޮަށް ގަނެފައިވާއިރު ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ކޮވިޑް-19 ފެސިލިޓީ ގާއިމް ކޮށްފައި ވަނީ ތިން މަސް ދުވަހަށް ލިބުނު ބިމެއްގައި ކަމަށާއި އެ ބިމަކީ ދައުލަތުގެ މިލްކުވެރިކަން ވެސް ނެތް ބިމެއްކަން އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެންޑީއެމްއޭއިން މިއަދު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ތަކެތި އަގުބޮޑުކަން އޮޑިޓް ރިޕޯޓަށް ވުރެ މާކުރިން އޮތޯރިޓީ އަށް އެނގިފައިވާ ކަމަށާއި އަދި އެކަން ހައްލުވެސް ކޮށްފައިވާނެކަމަށެވެ. އިތުރަށް ހިސާން ވިދާޅުވީ އާންމު ހާލަތުގައި ތަކެތީގެ އަގު ހުންނަ ވަރާއި މި ހާލަތާއި އަޅާ ނުކިޔޭނެ ކަމަށާއި ނަމަވެސް ކޮންޓްރޯލްކޮށްފައިވާ އަގުތަކުގައި މައްސަލަ ދިމާވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.” އެ ލިސްޓުގައިވާ އެއްވެސް އެއްޗެއްގެ އެއްޗެއްގެ އަގެއް ވަކިވަކިން ބަލާފައެއް ނުވާނެ. އެ ލިސްޓު އެކިއެކި ތަންތަނަށް ފޮނުވައިގެން ލިސްޓުތަކަށް އަޅުގަނޑުމެން ދިޔައީ އަގުތައް ހޯދަމުން. އަގުތައް ހޯދުނު އިރު ބަލާފައި ވާނީ މުޅި ލިސްޓުގެ ޖުމްލަ ހުށަހެޅުނު އަގަށް. މިގޮތުން ހުށަހަޅާފައިވާ އަަގުގެ އެންމެ އަގު ހެޔޮކޮށް މިކަން ކޮށްދޭނެ ފަރާތެއް ކަނޑައެޅީ ބިޑް ކޮމިޓީގައި މަޝްވަރާކޮށްގެން،” ހިސާން ވިދާޅުވި އެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހަނޑޫ ކިލޯއެއް 5 ރުފިޔާއިން ފެށިގެން 8 ރުފިޔާއާ ހަމައަށް ގަނެފައިވާއިރު ހަކުރު ކިލޯއެއް ފަސް ރުފިޔާ އިން ފެށިގެން 16 ރުފިޔާއާ ހަމައަށް ގެނެފައިވެއެވެ. މީގެ އިތުރުން ފުށް ކިލޯއެއް 8 ރުފިޔާ އަދި އެއަށްވުރެ އަގުބޮޑުކޮަށް ގަނެފައިވާއިރު ވަޅޯމަސް ކިލޯއެއް 200 ރުފިޔާއަށް ގަނެފައި އެބަހުއްޓެވެ. އަދި މަސްދަޅު ކޭހެއް 104 ރުފިޔާއަށް ގަނެފައިވާއިރު ކިރު ކޭހެއް 2،371 ރުފިޔާއަށް ގަނެފައިވާކަން އޮޑިޓް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.