English Edition
Dhivehi Edition
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިހާރު އެކުލަވާލެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް އެދި 2020 ގައި ހުޅުވާލި ފުރުސަތުގައި އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫ އަވަށުން ހުށަހަޅުއްވާ ފައިވާފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިވެލުއޭޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 13 ސެޕްޓެންބަރ 2020 އިން 15 ސެޕްޓެންބަރ 2020 ދުވަހުގެ މެންދުރު 12.00އާ ހަމައަށް ހުޅުވާލައިވާ ކަމަށެވެ.

މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް އެއަވަށެއްގެ އަވަށުއޮފީނުން އެނގެން ހުންނާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެމީހަކު ފޯމް ހުށަހެޅުއްވި އަވަށެއްގެ އަވަށުއޮފީހަށް ވަޑައިގެން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނިފައިނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅުއްވާ ޝަކުވާގެ ސިޓީއަށް ޢަމަލުކުރެވެން ނޯންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ އަވަށުގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް މިދިޔަ އަންގާރަ ދުވަހު ހުޅުވާލިއިރު، އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވީ މިއަދު 12:00 އަށެވެ.