މިއަދުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކަރ ދޫކުރަން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަން ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
މީރާ އިން ބުރާސްފަތި ދުވަހު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އޮންލައިންކޮށް އެއްގަމ އުޅަނދުގެ އަހަރީ ފީ ދައްކާ ފަރާތްތަކަށް ފީ ދެއްކުމުން ދޭ ސްޓިކަރ ދޫކުރުން ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައި އޮތުމަށްފަހު، އޮންލައިންކޮށް އަހަރީ ފީ ދައްކާ ފަރާތްތަކަށްވެސް 13 ސެޕްޓެންބަރު 2020 އިން ފެށިގެން އަހަރީ ފީ ސްޓިކަރ ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިއަދުން ފެށިގެން ސްޓިކަރ ދޫކުރަން ހަމަޖެހިފައި ވީނަމަވެސް، “ސްޓިކަރގެ ބަދަލުގައި ރަސީދު ފުދޭނެކަމަށް” ބަޔާންކޮށްފައިވާ އޮންލައިން ރަސީދު އަދިވެސް ސްޓިކަރގެ ބަދަލުގައި ފުދޭނެ ކަމަށްވެސް އެ އިދާރާއިން ބުނެފައި ވެއެވެ.