English Edition
Dhivehi Edition

ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އޮގަސްޓު މަހު ފެއްޓި ޕްރޮމޯޝަންގެ މުއްދަތު މި ހިނގާ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ހާމަ ކުރި ގޮތުގައި 30 ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން މިހާރުވެސް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަށް މުޅިން ހިލޭ ގުޅައިދެވޭނެއެވެ. މީގެ އިތުުރުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ދެ މަހުގެ މަހުފީ އަދި ޖޯއިބޮކްސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެއެވެ.

ހަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް އެންްމެ ޒަމާނީ ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަކަމާއި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަމުން އަންނަ އިރު މިހާރުވެސް ދިރާގު ޓީވީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނެއެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދެމުން ދިރާގު ޓީވީއިން އަންނަ އިރު މިހާރުވެސް ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ. އެގޮތުން ރާއްޖޭގެ 53 ރަށަކަށް ދިރާގުން އަންނަނީ މިހާރުވެސް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ދިރާގު ޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރަމުން އެ ކުންފުނިން އަންނަ އިރު ފިކްސް ބްރޯޑްބޭންޑް ހިދުމަތް މިހާރު ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާއި ގުޅިގެން ދިރާގުން ވަނީ ހިދުމަތް ފޯރުކޮށްދީފައެވެ.