Addu ge faqeerunnaai miskeenunge list ah shakuvaa hushahelhumuge furusathu hulhuvaalaifi - AO News
English Edition
Dhivehi Edition

Worldwide

  • 58,487,754confirmed
  • 40,464,377recovered
  • 16,637,043active
  • 1,386,334deaths

Maldives

  • 12,578confirmed
  • 11,559recovered
  • 974active
  • 45deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ - ފޮޓޯ: އޭއޯ ނިއުސް

އައްޑޫ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މިހާރު އެކުލަވާލެވިފައިވާ ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް އެދި 2020 ގައި ހުޅުވާލި ފުރުސަތުގައި އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އަވަށުން ހުށަހަޅުއްވާ ފައިވާފައިވާ ފަރާތްތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިވެލުއޭޓް ކުރެއްވުމަށްފަހު އެކުލަވާލެއްވި ޝަރުތު ހަމަނުވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 08 ސެޕްޓެންބަރ 2020 އިން 13 ސެޕްޓެންބަރ 2020 ދުވަހުގެ މެންދުރު 12.00އާ ހަމައަށް ހުޅުވާލައިވާ ކަމަށެވެ.

Advt

Advertisement

މީގެ އިތުރުން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނުމަށް ޝަރުތު ހަމަނުވާކަމަށް ފާހަގަކުރައްވާފައިވާ ފަރާތްތައް އެއަވަށެއްގެ އަވަށުއޮފީނުން އެނގެން ހުންނާނެ ކަމަށްވެސް އެ އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން  އެމީހަކު ފޯމް ހުށަހެޅުއްވި އަވަށެއްގެ އަވަށުއޮފީހަށް ވަޑައިގެން ފަޤީރުންނާއި މިސްކީނުންގެ ލިސްޓްގައި ހިމެނިފައިނުވާނަމަ ކަނޑައެޅިފައިވާ މުއްދަތުގައި ސިޓީއަކުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ހުށަހަޅުއްވާ ޝަކުވާގެ ސިޓީއަށް ޢަމަލުކުރެވެން ނޯންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.