English Edition
Dhivehi Edition

 

ތ. ގުރައިދޫ ފަޅުތެރޭ މޫދަށް މީހަކު ވެއްޓި ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިރޭ 8.45 އެހާކަށްހާއިރު ތ.ގުރައިދޫ ފަޅުތެރޭ މޫދަށް ވެއްޓުނު މީހަކު ގުރައިދޫ ހެލްތް ސެންޓަރަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ. އެޙާދިސާގައި ނިޔާވެފައިވަނީ ޢުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.