English Edition
Dhivehi Edition

ލޯންޗެއް ގެއްލިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ އއ. އަތުރުގާ ފަޅުތެރޭގައި އަޅާފައި އޮތް 25 ފޫޓުގެ ލޯންޗެއްގެ ވާ ކަނޑައިގެން ގޮސް ގެއްލިފައިވާ ކަމަށެވެ. އަދި އެ ލޯންޗު ހޯދުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ ސިފައިން ޙަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް އެމްއާރުސީސީ އަށް ލިބިފައި ވަނީ މިއަދު ފަތިހު 04:36 ހާއިރު ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ގެއްލިގެން އުޅޭ ލޯންޗަކީ ރަޖިސްޓްރީ ކޮށްފައިވާ ލޯންޗެއް ނޫނެވެ. އެމްއެންޑީއެފުން ވަނީ އެ ހާދިސާއާ ގުޅިގެން އަތުރުގާ ކައިރިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައެވެ. އަދި ލޯންޗާ ގުޅޭ އެއްވެސް މަޢުލޫމާތު ލިބިފައިވާނަމަ، ލަސްނުކޮށް އެކަމެއް އެމްއެންޑީއެފާ ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.