English Edition
Dhivehi Edition

ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓެރެލޮޖިކަލް ސެންޓަރުން ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޯލްޑިވްސް މީޓެރޮލޮޖިކަލް ސެންޓަރ އިން ހާމަ ކުރި ގޮތުގައި ބޯކޮށް ވާރޭވެހި، ގަޑިއަކު 28 މޭލާއި 35 މޭލާ ދެެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެތީ ރީނދޫ ސަމާލު ނެރެފައިވަނީ ކާފު އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިރޭގެ 20:00 އިން 00:00 އަށް ކަން ވެސް މީޓެރެލޮޖިކަލް ސެންޓަރ އިން ވަނީ ހާމަ ކޮށްފައެވެ.

ކުރަމުން މިދާ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވަނީ ވާރޭ ވެހި ވައިގަދަވެފައެވެ. ވިއްސާރައާއި ގުޅިގެން ކަނޑު ދަތުރު ކުރާ ފަރާތްތަކުން ސަމާލު ވުމަށްވެސް މީޓެރެލޮޖިކަލް ސެންޓަރ އިން ވަނީ އެދިފައެވެ.