English Edition
Dhivehi Edition

އިންޓަނޭޝަނަލް ޔޫތު އޮލިމްޕިކްސް ކޮލިފައިން އަށް ރާއްޖެއިން ފުރާ، ފަލިޖެހުމުގެ(ރޯވިންގް) ގައުމީ ޓީމް ދައްކާލައި ޓީމް އާއި ޖާޒީ ހަވާލް ކުރައްވައިފިއެވެ.

ޖާޒީ ހަވާލު ކުރުމަށް ރޭ އެމް.އެން.ޔޫގައި ބޭއްވި ހަފްލާގައި ޓީމާއި ޖާޒީ ހަވާލު ކޮއްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާރ އަބްދުﷲ ޒުހެއިރުއެވެ. މި ރަސްމިއްޔާތުގައި ޓީމުގެ ދެ ބައިވެރިންގެ އިތުރުން ޓީމުގެ ކޯޗާ ވަނީ ޖާޒީ ހަވާލް ކޮއްދެއްވާފައެވެ.

ރާއްޖޭގެ ފަރާތުން ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި ބައިވެރި ވުމަށް ދާ ޓީމްގެ މެމްބަރުންނަކީ އައްޑޫ ސިޓީގެ ދެކުދިންނެވެ. އެއީ އިރުޝާދީއްޔާ ސްކޫލްގެ ދަރިވަރެއް ކަމުގައިވާ އިބްރާހިމް ރިކާޒް ސާނިއު އަދި ހިތަދޫ ސްކޫލްގެ ދަރިވަރު އަހުމަދު އުމާން ސިފާރުއެވެ. މި ޓީމުގެ ކޯޗަކީ ޕޮލިސް ކޯޕްރަލް ހަސަން ޝިޔާން އެވެ.

ޓީމާއި ބޭހޭގޮތުން ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޙަބީބު ރޭގެ ރަސްމީއްޔާތުގައި ވިދާޅު ވެފައިއިވަނީ ޓީމް ހޮވުމަށް އެކި ގޮތް ގޮތުން ބަލާފައި ވާ ކަމުގައެވެ. އެގޮތުން އިންޑޯރ މެޝިން ތަކުގައި އާއި ކަނޑުމަތީ ފަލިޖަހައިގެން އަދި ޓްރެއިނިންގް ތަކަށް ހާޒިރު ވެފައިވާ މިންވަރު ވެސް ބަލާފައި ވާ ކަމުގައެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަމުންހަބީބު ވިދާޅުވެފައި ވަނީ މި ފަދަ މުބާރާތްތަކުގައި ބައިވެރި ވުމަށް އެސޯސިއޭޝަނަށް ދިމާވާ އެންމެ ބޮޑު ދަތްޗަކީ އެންމެ ބޮޑަށް ބޭނުންވާ އުމުރުފުރާގެ ކުދިން ނުލިބުމުގެ ދައްޗެވެ. ސަބަބަކީ ސްކޫލް ކުދިންނަށް ވުމުން ގިނަ މުބާރާތްތަށް އޮންނަ ދުވަސްވަރާ ޓެސްޓު ދުވަސްވަރާ ދިމާ ވާތީއެވެ.

ސިންގަޕޫރުގައި އޮންނަ ކޮލިފައި އަށް މި ޓީމު ފުރުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 26 ގައެވެ. މި ޓީމުގެ ބައިވެރިން އަދި ކޯޗު ވެސް ބުނެފައިވަނީ އުންމީދަކީ ރައްޖެ ތަމްސީލް ކޮށް ޔޫތު އޮލިމްޕިކްސް އަށް ރާއްޖޭގެ ޓީމު ކޮލިފައި ވުން ކަމުގައެވެ.

ރޭގެ މި ރަސްމީއްޔާތުގައި ވަނީ ރާއްޖެ އަދި އެޝިއާ ބައްރުގެވެެސް ފުރަތަމަ ރޯވިންގެ ލެވެލް 2 ކޯޗުންނާ ސެޓްފިކެޓް ހަވާލް ކޮއްފައެވެ.

މިރަސްމީއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހެއިރުއެވެ. ޒުހެއިރުގެ އިތުރުން އައްޑޫ ސީޓީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފް، އައްޑޫ ސިޓީ ޕޮލިސް ޑިވީޝަން ކޮމާންޑާ އަލީ ޝަރީފް ވަނީ މި ރަސްމީއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.