English Edition
Dhivehi Edition
މިނިސްޓަރ އަޒްލީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ރައީސްގެ ޚާއްޞަ މަންދޫބުންގެ ގޮތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އާއި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރައްވައިފި އެވެ.

ހިތްޕުޅު އާލާސްކަންފުޅެއްގައި އައިޖީއެމްއެޗުގައި އެދުމަތިކޮށްގެން ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް،

ޖަލު ހުކުމް އައިސްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަޑައިގެން، އެމަނިކުފާނާ ބައްދަލު ކުރެއްވެވީ ވަކިންނެވެ.

އަޒްލީނާއި މުންދު، ގާސިމާ ބައްދަލު ކުރައްވަން ވަޑައިގެންފައި ވަނީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް އެދި ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ މޯލްޑިވްސް ކަރެކްޝަނަށް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްއަށް އަޒްލީން ސިޓީއަކުން ދަންނަވާފައި ވަނިކޮށެވެ.

މިނިސްޓަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއެކު އޭނާ ރާއްޖޭން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަން ކަމާގުޅޭ މުއައްސަސާތަކަށް އަމުރުުކޮށްފައިވާ ކަމަށެވެ. އެހެންވެ ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ރާއްޖޭން ބޭރުން ގާސިމަށް ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވީ އެންމެ އަވަހަކަށް ފުރިހަމަކުރުމަށް ސިޓީގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ގާސިމް ޖަލަށްލުމަށް ކުރި ހުކުމުގައި ގާސިމަށް ރާއްޖެއިން ބޭރުން ދޭންޖެހޭ ފަރުވާ ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަވައި ދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރިތާ މިއަދަށް މިވީ 4 ދުވަހެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި ގާސިމް ވަނީ ބޮލަށް އެބުރުން އަރައިގެން ކޯޓު ތެރެއަށް ވެއްޓިފައެވެ. ގާސިމްގެ މައްޗަށް ޖަލު ހުކުމް ކުރީ އައިޖީއެމްޗުގައި ފަރުވާ ހޯއްދަވަމުންދަނިކޮށް، އެ މަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ.