English Edition
Dhivehi Edition

ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމުތަކުން ލިބޭ ފައިސާ ދެން ޖަމާކޮށްދޭނީ ރުފިޔާ އެކައުންޓަކަށް ކަމަށާއި އަދި އެގޮތަށް ލިބޭ ފައިސާ ދެން ނެގޭނީ ވެސް ރުފިޔާގެ ގޮތުގައި ކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓު އަދި އެއް ފަރާތުން އަނެއް ފަރާތަށް “ވިސާ ޑައިރެކްޓް” އަދި “މާސްޓާކާޑް ސެންޑް” ފަދަ ޕްލެޓްފޯމުތަކުން ފޮނުވާ ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލު ގެނައި ނަމަވެސް ކުރިއެކޭ ވެސް އެއްފަދައިން އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ ކަމަށާއި އެހެން ނަމަވެސް ފައިސާ ދިވެހި ރުފިޔާ އެކައުންޓަށް ޖަމާވާތީ ދެން އެ ފައިސާ ނެގޭނީ ހަމައެކަނި ދިވެހި ރުފިޔާއިންކަމަށެވެ.

1 ކޮމެންޓް
އަލީ
އޮގަސްޓް 27, 2020
ބޭންކުގެ އިސްވެރިންނަށް ތިބި ބޭރުމީހުންނަށް ޑޮލަރުން މުސާރަ ދޭންޖެހޭތީވެ، މި ދަނޑިވަޅުގައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޝުކުރިއްޔާ. އަހަރެންގެ ބޭންކެއްނޫން - އިނގިރޭސީންގެ ބޭންކް.