Feydhoo hikki bimun dhiriulhumah goathi dhookuranee - AO News
English Edition
Dhivehi Edition

Worldwide

  • 59,680,002confirmed
  • 41,289,505recovered
  • 16,985,436active
  • 1,405,061deaths

Maldives

  • 12,758confirmed
  • 11,615recovered
  • 1,097active
  • 46deaths

ކޮވިޑް 19 ކަވަރޭޖް

3 މަސް ކުރިން
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ފޭދޫގެ ހިއްކި ބިމުން ދިރިއުޅުމަށް ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ކައުންސިލަރ، އަލީ ފަހުމީ އަޙްމަދެވެ. އެގޮތުން ފަހުމީ ހުށަހެޅުއްވީ ފޭދޫގެ ބިމުން ގޯއްޗަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވައި، ގޯތި ދިނުން ޙައްޤުވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި އިޢުލާން ކުރުމަށެވެ.

Advt

Advertisement

އެ މައްސަލައާއި ގުޅިގެން ކައުންސިލުން ނިންމެވީ ފޭދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައި، ގޯތި ޙައްޤުވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ފޭދޫ ހިއްކި ބިން ސަރަހައްދުން ދިރިއުޅުމަށް 500 ގޯތި ދޫކުރުމަށް ފެންނަ ކަމަށެވެ. މިގޮތަށް ފާސްވީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާޤުންނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އައްޑޫ ސިޓީ ފޭދޫގެ ވަށައިގެން 64 ހެކްޓަރުގެ ބިމެއް ވަނީ ހިއްކައިފައެވެ. އެގޮތުން ނެދަލޭންޑްސްގެ ވައްނޫރު ޕްރައިވެޓް ލިމިޓެޑާ ހަވަލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއަކީ، ފޭދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިލަން ހައްލުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ފޭދޫން ބިން ހިއްކިތާ މިހާރު ހަތަރު އަހަރު ވެފައިވާއިރު، އެ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުޅުން ފާޅުކޮށް، ސަރުކާރަށާއި ކައުންސިލަށް ފާޑުކިޔަމުންދާ ކަމެކެވެ.