English Edition
Dhivehi Edition

ކުޑަ ކުއްޖަކަށް ފުރައްސާރަކޮށް, ފޭސްބުކްގައި އެ ކުއްޖާގެ ފޮޓޯ އާންމު ކުރި އަންހެން މީހާގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މި މަހުގެ 11ވަނަ ދުވަހު އެ އަންހެން މީހާގެ ފޭސްބުކް ސްޓޭޓަސްގައި ކުޑަކުއްޖެއްގެ ފޮޓޯ އާންމުކޮށް ހަޑިހުތުރު ބަސްތަކުން އެ ކުއްޖާއަށް މުހާތަބުކޮށްފައިވާއިރު، މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި އެ އަންހެން މީހާ ހައްޔަރުކުރުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. އެ އަންހެންމީހާ އަމިއްލައަށް އެ ޕޯސްޓަށް ކޮށްފައި ހުރި ކޮމެންޓެއްގައި ބުނެފައި ވަނީ، އެ ކުއްޖާއާ ހެދި އޭނާ ކައިވެނިކުރަން ބޭނުން ފިރިހެން މީހާ އާ ކައިވެނި ނުކުރެވިގެން އުޅޭ ކަމަށެވެ. މިހާރު ފޭސްބުކް، އެ އައިޑީ ޑީއެކްޓިވޭޓްކޮށްފައިވާއިރު ގިނަ ބަޔަކުވަނީ އެ އަންހެން މީހާގެ ބެލުމުގެ ދަށުން ދަރިފުޅު ނެގުމަށްވެސް ގޮވާލާފައެވެ.

އެފަދަ ނުލަފާ މީހެއްގެ ފަރާތުން ކުއްޖާގެ ފުރާނައަށްވެސް ނުރައްކާވެދާނެކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު މިކަމާ ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ ޕޯސްޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުންގެ ކަމާއި ގުޅުން ހުރި އިދާރާތަކުން ކުރިއަށް ގެންދާކަމަށެވެ. އަދި މި ޕޯސްޓު އިތުރަށް ޝެއާކޮށް ކޮމެންޓު ކުރުމަކީ އެ ކުއްޖާގެ ކަރާމާތަށް ގެއްލުން ލިބޭނެ ކަމެއް ކަމުގައިވާތީ އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.