ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހާލަތާ ބެހޭ ދިރާސާ ރިޕޯޓް މަޖިލިހުން ފާސްކޮށްފި - AO News
English Edition
Dhivehi Edition

Worldwide

  • 39,959,651confirmed
  • 29,890,384recovered
  • 8,954,631active
  • 1,114,636deaths

Maldives

  • 11,178confirmed
  • 10,097recovered
  • 1,045active
  • 36deaths

ކޮވިޑް 19 ކަވަރޭޖް

2 މަސް ކުރިން

އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް ގެ ހާލަތު، މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސް.އޯ.އީ) ކޮމެޓީން ދިރާސާކޮށް ދިރާސާ ނިމުނު ގޮތުގެ ރިޕޯޓް މަޖިލިހުން ފާސްކޮށްފިއެވެ. މި ބިލް ފާސްކޮށްފައިވަނީ މިއަހަރުގެ  2 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި 57 މެމްބަރުންގެ ތާއީދާއެކުގައެވެ.

ގަން އެއާޕޯޓުގެ މައްސަލައަކީ މަޖިލިހުގެ އެސްއޯއީ ކޮމިޓީގެ 15 ވަނަ ބައްދަލުވުމަށް ހުށަހެޅިފައިވާ މައްސަލައެކެވެ. އެއީ ގަން އެއާޕޯޓު ރަނގަޅަށް މެއިންޓަނަސް ކުރެވެމުން ނުދާ ކަމަށާއި ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އެއާޕޯޓުގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ސާފުކޮށް އެކަން ބެލުމަށް ފޭދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވައިގެން ކޮމެޓީން ބަލާފައިވާ މައްސަލައެކެވެ.

Advt

Advertisement

މަޖިލިހުގެ ޖަލްސާގައި މި ކަމާ ގުޅޭގޮތުން ކުރެވުނު ދިރާސާ ރިޕޯޓު އިއްވަވަމުން މަޖިލިހުގެ 24 ވަނަ ޖަލްސާފައި ހުޅުދޫދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ކުންފުނި އުފައްދައި ކުންފުނީގެ ޝެއަރ ގެ ގޮތުގައި މީގެ ކުރިން ހިމެނިފައިވަނީ ސަރުކާރުގެ %50 ޝެއަރ އާއި އެސްޓީއޯގެ %10 ޝެއަރ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)  %10 ޝެއާ އަދި ކާސާ ހޯލްޑިންސްގެ %30 ޝެއަރ ކަމަށެވެ. އަދި 2015 ވަނަ އަހަރު ޝެއަރ ސްޓްރަކްޗަރ އަށް ބަދަލުގެނެވި މިހާރު ކުންފުނީގެ ޝެއަރ އަކީ ސަރުކާރުގެ %60 އާއި މޯލްޑިވްސް އެއާޕޯޓްސް ކުންފުނީގެ %10 ހިއްސާގެ އިތުރުން ކާސާ ހޯލްޑިންގެ %30 ހިއްސާ ކަމަށެވެ. މީގެ ތެރެއިން އެމް. އޭ. ސީއެލް ގެ %10 ހިއްސާ ސަރުކާރަށް ބަދަލުކުރުމަކީ ސަރުކާރުގެ ވިސްނުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

“މި މައްސަލައަށް ބަލާއިރު އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރމަށް ސަރުކާރުން، މި ކުންފުނިން ރާވާފައި ހުރީ މައިގަނޑު 3 ފޭސް އަކަށް ބަހާލައިގެން. ފުރަތަމަ ފޭސްގައި އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށް ބޭނުންވާތީ ބިންހިއްކުމުގެ މަޝްރޫއެއް މި ކުންފުނިން ނިންމަން ރާވައި އެކަމަށް ބޭނުންވާ ފައިސާ އަށް ބެލިއިރު ފައިސާ ނެތުމުން ލޯނެއް ނަގަން ނިންމި. އެގޮތުން 24 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފައި.

އިލްޔާސް ވިދާޅުވީ ފުރަތަމަ ފޭސްގައި އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ބިން ހިއްކައި ރިވަޓްމަންޓް ޖަހައި މަސައްކަތް ކުރެވުނު ކަމަށާއި ދެވަނަ ފޭސް ގައި ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަަމަށެވެ. އެގޮތުން ކުރީގައި އޮތް ރަންވޭގެ ދެކޮޅަށް 5.7 މީޓަރު އިތުރުކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަށް 23 މިލިއަން ޑޮަލަރު ޚަރަދު ކުރެވިފައިވާއިރު 3 ވަނަ ފޭސް ގެ ގޮތުގައި އޮތީ ގްރައުންޑް ހޭންޑްލިން އަދި އެއާ ޓްރެފިކް ކޮންޓްރޯލް އިކުއިޕްމަންޓު ހޯދުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

” މި މަޝްރޫއު މުޅިއަކުން އަދި ކުރިއަށް ގެންގޮސްފައި ނުވޭ. އެމަސައްކަތް ކުންފުނީގެ ފަރާތުން މިހާރު ކުރިއަށް އެބަ ގެންދޭ. މިހާރު ކާސާއ ހޯލްޑިން އިން އިންޓްރސްޓް ފްރީ ލޯނެއް ނަގައިގެން އެއާޕޯޓަށް ބޭނުންވާ ގްރައުންޑް ހޭންޑްލިން ސަޕޯޓް އިކުއިޕްމަންޓް ގަތުމުގެ މަސައްކަތް ކުންފުނިން ކުރިއަށް އެބަދޭ. ކުންފުނީގެ ފައިނެންސަށް ބަލާއިރު ކުންފުނީގެ އާމްދަނީގެ %90 ހިއްސާ މި އޮންނަނީ އެރޮނިޓިކަލް ރެވެނިއުގެ މައްޗަށް ބިނާވެފައި. ކުންފުނި ހިންގަން މަހެއްގެ މައްޗަށް 9.3 މިލިއަން ރުފިޔާ ޚަރަދުވޭ. ކުންފުންޏަށް އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް ލިބެނީ 9.2 މިލިއަން ރުފިޔާ. އެހެންވީމާ ކޮންމެ މަހެއްގައި 1 މިލިއަން ރުފިޔާ ދަރަނީގެ ގޮތުގައި ކުންފުނި ހިންގަން މަޖުބޫރުވެފައިވާކަން ފާހަގަކޮށްލެވޭ” ރިޕޯޓު އިއްވައި ދެމުން އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ މި ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެސްއޯއީ ކޮމެޓީގެ ޓީމެއް ގަން އެއާޕޯޓަށް ޒިޔާރަތް ކުރި ކަމަށާއި އެގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ނަމަވެސް ބައެއްކަންތައްތައް ރަނގަޅުކުރަން ޖެހޭ ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. އެގޮތުން ޓަވަރާއި ފަޔަރ ބިލްޑިން ސްޓޭޝަން ސްޓޭންޑަޑަށް ނުފެތޭ ކަަމށާއި އަދި އަޕްގްރޭޑް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ގެން އެނަލިސިސް ތައް ހެދިފައިވާ ކަަން ފާހަގަ ކުރެވުނު ކަމަށް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން އެއާޕޯޓުގެ ކަރަންޓުގެ މައްސަލަ ދިމާވާ ކަމަށާއި ފްލައިޓް އޮޕަރޭޝަންސް ގަޑިތަކުގައިވެސް ކަރަންޓް މައްސަލަ ދިމާވާކަމަށް އިލްޔާސް ވިދާޅުވިއެވެ. ނަމަވެސް މިހާރު ފެނަކަ އިން އެމައްސަލަ ހައްލު ކޮށްދީފައިވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

މީގެ އިތުރުން ގަން އެއާޕޯޓަށް އިތުރު ފްލައިޓެއް ގެނައުމުގެ މަސައްކަތް އެއާޕޯޓު ކުންފުނިން ކުރަމުން އައި ކަމުގައި ވިޔަސް އިތުރު ފްލައިޓެއް ގެނައުމުގެ މަސައްކަތް ކުރެވި ގެނެވޭނެ ގޮތް ފަހިވެފައި ނުވާ ކަމަށާއި އަދި އިތުރު ފްލައިޓް ގެންނައިރު އެސަރަހައްދުގައި އައްޑޫ އަދި ފުވައްމުލައް ، ހުވަދޫ ގައި ބެޑް ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށާއި މިހާރު ސަރުކާރުގެ ސިޔާސަތާއެއްގޮތަށް ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރެވިއްޖެނަމަ އޭތްރީ މަރުކާގެ ފްލައިޓްތައް ފިޔަވައި ހުރިހާ ފްލައިޓެއް ޖެއްސޭ ވަރަށް ރަންވޭ ތައްޔާރު ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިގެ އިތުރުން ސީޕްލޭން ޓާރމިނަލްގެ މަސައްކަތާއި އަދި ގަމުގައި ހުންނަ ދޫގަސް ސަރުކާރަށް ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތާއި ބެހޭ މައުލޫމާތުވެސް މި ރިޕޯޓުގައިވަނީ ހިމަނާފައެވެ.

އޭއައިއޭ ތަރައްގީ ކުރުމަށް އެކުލަވާލާފައިވާ ޑިވެލޮޕްމެންޓް ޕްލޭނުގައި 2020-2025 އަށް 15 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އެ ފައިސާ ހޯދުމަށް ބައިނަލްއަގުވާމީ އިދާރާތަކުން ފައިނޭންސް ހޯދުމަށް ނުވަތަ ކޮންޓްރެކްޓް ފައިސޭންސް އުސޫލުން މާލީ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސްކުރަން ފެންނަ ކަމަށްވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.