English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި “ހުތުރުކޮށް ނޫޅުއްވާނެ” ކަމަށް 100 ފަހަރު ލިޔުއްވުމަށް މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފްގެ އަރިހުން, މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ މަރަދޫ ދާއިރާގެ މެމްބަރު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. މި ގޮތުން ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވާ މެމްބަރު ޝަރީފް ވިދާޅުވީ ވަޒީރުން މަޖިލީހަށް ވަޑައިގެން ސުވާލުތަކަށް ޖަވާބު ދެއްވީމުން، ނަޝީދު ވިދާޅުވާ ގޮތްގޮތުން “‘ވާންވީ ގޮތާއި’ ‘ވާންވި ގޮތެއް’ އަދި ‘ޕޮލިސީ’ އަކީ ކޮބައިކަން ސާފެއް ނުވާކަމަށެވެ. މީގެ އިތުރުން ޝަރީފް ވިދާޅުވީ ބައެއް ފަހަރު ވަޒީރުން އިތުރުފުޅު ހައްދަވަނީއޭ ހީވާ ފަހަރު ވެސް އަންނަ ކަމަށެވެ.

ޝަރީފްގެ ވާހަކަ ނުނިމި އުޅެނިކޮށް، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓަވައި މައިކް ކަނޑާލާފައެވެ. ރައީސް ނަޝީދުގެ މި އަމަލާއި ގުޅިގެން ޝަރީފް ވަރަށް ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފައިވާއިރު ރައީސް ނަޝީދުވަނީ ޝަރީފްގެ އަރިހުން އިށީދެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.