English Edition
Dhivehi Edition

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކުރަމުން އައި ފެރީ ދަތުރުތައް އަލުން ފަށައިފި އެވެ.

އިއްޔެ އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިންގގެ ޙާލަތަށް ގެނައުމާއި ގުޅިގެން އިއްޔެ ފުވައްމުަލަކަށް ކުރަން އޮތް ދަތުރު ވަނީ ފަސްކޮށްފައެވެ. އަދި ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން ބުނީ ފުވައްމުލަކު ސިޓީ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ފުވައްމުލަކަށް ކުރާ ފެރީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ ސިޓީ ހިތަދޫން މޮނިޓަރިންގ އުވާލުމާއި ގުޅިގެން، އެސްޓީއެލް އިން މިއަދު ބުނީ ފުވައްމުލަކާއި އައްޑޫއާ ދެމެދު ލޯންޗު ދަތުރުތައް އަލުން ފަށާފައިވާ ކަމަށެވެ.

ހިތަދޫ މޮނިޓަރިންގގެ ޙާލަތަށް ގެނެސްފައި ވަނީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މީގެ އިތުރުން ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކުވެސް ޕޮޒިޓިވްވެފައިވާއިރު، ރޭވެސް ހިތަދޫން އުމުރުން 58 އަހަރުގެ ދިވެހި އަންހެނަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.