English Edition
Dhivehi Edition
ސަދަން ޓްރާންސްޕޯޓް ލިންކް ފޭދޫ އޮފީސް - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކުރަމުން އައި ފެރީގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) އިން މިއަދު ބުނީ 10 އޮގަސްޓް 2020 ވާ އަންގާރަ ދުވަހު ފުވައްމުަލަކަށް ކުރަން އޮތް ދަތުރު ފަސްކުރެވިފައިވާ ކަމަށެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ވަކި ގޮތެއް އަންގަންދެން ފުވައްމުލަކަށް ކުރާ ފެރީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށްވެސް އެސްޓީއެލް އިން ބުނެފައި ވެއެވެ.

އެސްޓީއެލް އިން އައްޑޫ އާއި ފުވައްމުލަކާ ދެމެދު ކުރާ ފެރީ ދަތުރުތައް މެދުކަނޑާލާފައި މިވަނީ އައްޑޫ ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެގޮތުން އައްޑޫ ސިޓީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެކަމާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ މޮނިޓަރިންގގެ ހާލަތަށް ގެނެސް، އެ އަވަށަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފައެވެ.