އައްޑޫ ސިޓީ ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޕޮޒިޓިވްވެފައި ވަނީ މާލެއިން އައްޑޫ އަށް އައިސް ގޭގައި ކަރަންޓީނުވެގެން ހުރި ފުލުހެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އޭނާ ފޭދޫ އަށް އައިސްފައި ވަނީ މި ހިނގާ އޮގަސްޓް މަހުގެ 06 ވަނަ ދުވަހު އެވެ.
އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މާލޭގައި އޭނާ ހުއްޓާ ނެގި ރެންޑަމް ސާމްޕަލް އަކުން ކަމަށް ވެއެވެ. އޭނާގެ ރެންޑަމް ސާމްޕަލް މާލޭގައި ހުއްޓާ ނެގި ނަމަވެސް ނަތީޖާ ލިބިފައިވަނީ މިރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފުލުސް މީހާގެ ކޮންޓެކްޓް ޓްރޭސިން ކުރިއަށް ދާއިރު އޭނާ އާއި ގާތުން ބައްދަލުވި ހަ ފުލުހަކު މިހާރު ވެސް ފާހަގަ ކުރެވިފައިވެއެވެ