English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖުޑީޝަރީ ހިސޯރުކޮށްފައި ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޑީއާރުޕީގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ޖާބިރާ ހަވާލާ ދެއްވައި މިއަދު ކުރި ޓުވީޓެއްގައި ބުނީ 8 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް ވޯޓު ދިނީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވައުދު ތަންފީޒު ކުރުމަށް ކަމަށާއި ނަމަވެސް އަދު ފެންނަނީ ނަޝީދު، ޖުޑީޝަލް ސާވިސް ކޮމިޝަން ގައި އިންނަވައިގެން ޖުޑީޝަރީ ހިސޯރުކޮށްފައިވާ މަންޒަރު ކަމަށެވެ. އަދި މިއީ ޑީއާރްޕީއިން ބަލައިގަންނާނެ ކަމެއް ނޫންކަމުގައި އެ ޕާޓީން ބުނެފައިވެއެވެ.

“ޑީއާރްޕީގެ ލީޑަރު ޖާބިރު މި ގޮވާލަނީ ވަގުތުން ވަގުތަށް ޖުޑިޝަރީ މިނިވަން ކުރުމަށްޓަކައި އެމްޑީޕީގެ ރައީސް ޖޭއެސްސީ އިން އިސްތިއުފާދީ ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނުއިންނަ ގޮތަށް ޤާނޫން އިސްލާހުކުރުމަށް.” ޖާބިރު ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރްވަނީ ރައީސް ނަޝީދު އިސްތިއުފާ ނުދެއްވާނަމަ މަޖިލީސް ތަމްސީލްކުރާ ހުރިހާ ޕާޓީއެއްގެ ލީޑަރުން ޖޭއެސްސީގައި ހިމެނުމަށްވެސް ގޮވާލާފައެވެ.