English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ އިދާރާ - ފޮޓޯ: ދި އެޑިޝަން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާދަމާ ބޭއްވުމަށް ހަމަޖެއްސި މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާ، އަންނަ ހަފްތާއަށް ފަސްކުރުމަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މަޖިލީހުގެ އިދާރާވެސް ހުންނާނީ ހުޅުވިފައި ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނިކުންނާނީ ކޮމިޓީތަކުގެ މަސައްކަތް ކުރުމަށް ބޭނުންވާ މަދު އަދަދެއްގެ މުވައްޒަފުން ކަމަށާއި، އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް މަޖިލީހުގެ ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މަޖިލީހުގެ ޖަލްސާތައް ފަސްކޮށްފައިވާއިރު، އަންނަ ތިން ދުވަހު ސަރުކާރުގެ އޮފީސްތަކާއި އިދާރާތައް ނުހުޅުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވައިފަ އެވެ.