English Edition
Dhivehi Edition

ކޮވިޑްގެ ހާލަތު އަނެއްކާވެސް ނުރައްކާ ވަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ކޮވިޑްގެ ބަލި މީހުން ރާއްޖެއިން ފެންނަމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އަމީން މި ޓުވީޓު ކުރެއްވިތާ ކުޑައިރުކޮޅެއް ފަހުކޮށްފައެވެ.ކުރުމުގެ އިރުކޮޅެއް ކުރިންނެވެ.

އެޗްޕީއޭއިން ދެންމެ ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް 137 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. 92 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގަލްދޭޝްގެ 1431 މީހަކާއި އިންޑިއާ ނުވަ މީހެއްގެ އިތުރުން ސްރީލަންކާ ހަތަރު މީހުންނާއި ފިލިޕީސް މީހެކެވެ.

ލޮކްޑައުންގެ ހާލަތަށް ލުއި ދިން ފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ މިއަދެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 3,506 އަށް އަރާފައެވެ.