English Edition
Dhivehi Edition

ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު މޯބައިލް ބޫސްޓަރ ތަކުން %55 އިތުރު އެލަވަންސް ލިބިގެން ދާނެއެވެ.

އެގޮތުން، ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓަރ އަދި ޕޯސްޓްޕެއިޑް ބޫސްޓަރ ތައް 26 ޖުލައި އާއި 3 އޮގަސްޓް 2020 އާ ދެމެދު އެކްޓިވޭޓް ކުރައްވައިގެން %55 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ކުލަގަދަކޮށް މިނިވަންދުވަސް ފާހަގަކުރަމުން އައި ބައެއް ނަމަވެސް، މި އަހަރު ކޮވިޑް19ގެ ސަބަބުން މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ހަފުލާތައް ނުބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. ދިރާގުން ބުނީ އެ ކުންފުނިން އުންމީދު ކުރަނީ މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވާ، މި ޗުއްޓީތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެ ކަމަށެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ޓެގު