English Edition
Dhivehi Edition

 

އުރީދޫ މޯލްޑިވްސްއިން އެޕަލް ގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ، ފަހުގެ އައިފޯން އެސްއީ ރާއްޖެއަށް ލޯންޗްކޮށްފިއެވެ. ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކުރެވިފައިވަނީ ސްމާރޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކުރެވިފައިވަނީވެސް މި ލޯންޗްކުރެވުނު އައިފޯން އެސްއީގައެވެ.

އައިފޯން އެސްއީ (ޖެން 2) ގެ އަގުތައް

އަގު (ރފ.) ސްޓޯރޭޖް ހޭންޑްސެޓް
9,399 128 ޖީބީ އައިފޯން އެސްއީ (ޖެން 2)
11,499 256 ޖީބީ އައިފޯން އެސްއީ (ޖެން 2)

 

އުރީދޫގެ އެކްޓިންގް ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވީ ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބައެއްކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ މި ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ ފަސޭހަކަމާއެކު ބައްލަވައިގަތުމަށް މަގު ފަހިކޮށްދިނުމަކީ އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.

މިއަދު ލޯންޗްކުރެވުނު އައިފޯން އެސްއީ އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.