English Edition
Dhivehi Edition

ހުޅުމާލެއިން ވަގަށްނެގި ފޯނެއް ހޯދައި އެ ފޯނު ވަގަށްނެގި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހު ސައިކަލެއްގެ ޕޮކެޓުގައި އޮތް ފޯނެއް ވަގަށްނަގާފައިވާ ކަަމަށް ހުށަހެޅި މައްސަަލައަކާ ގުޅިގެން، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން ކަމަށެވެ.

މީގެ އިތުރުން އެ މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ކެމެރާ ބަލައި އޭނާ ހުރިތަން ހޯދާފައިވާ ކަމަށާއި، އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މޯބައިލް ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.