English Edition
Dhivehi Edition

ހުޅުމާލެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެޕެކެޓަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު 10:40 އެހައިކަންހާއިރު މަގުމަތީގައި ޕެޓްރޯލުކުރަމުންދިޔަ ފުލުހުންނަށް އެމީހާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ފެނުމާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން އެމީހާ ހުއްޓުވި ވަގުތު އޭނާގެ މުށުގެތެރެއިން އެއްޗެއް ބިންމައްޗަށް ވައްޓާލިތަން ފުލުހުން ފެނުމުން، އޭނާ ހުރިތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.