English Edition
Dhivehi Edition
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ތެރެއިން - ފޮޓޯ: ޕޮލިސް

މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ޕޮލިސް މެމޯރިއަލްޑޭ ފާހަގަކޮށްފިއެވެ.

އެގޮތުން ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގ އަދި އިސްކަންދަރު ކޮށީގެ އިތުރުން އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޡާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ފުލުހުންގެ ހަނދާން އާކޮށް، ހަމަހިމޭންކަމުގެ ސްކޫތެއް ގެނެސްފައިވެއެވެ.

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޕޮލިސް މެމޯރިއަލް ޑޭއަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިޡާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެދާ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.