English Edition
Dhivehi Edition

ހަދަމުންދާ ޢިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން ބިދާސީއަކު ވެއްޓި ނިޔާވެއްޖެއެވެ. މިމީހާ ވެއްޓިފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ހަދަމުންދާ ޢިމާރާތަކުންނެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި އެމްޕީއެލް އިން ހަދަމުންދާ ޢިމާރާތެއްގެ 14 ވަނަ ފަނގިފިލާއިން ބިދޭސީއަކުވެއްޓިފައިވާ ކަމުގެ މަޢުމޫމާތު މިއަދު 13:40 ގައި ފުލުހުންނަށް ލިބުމުން އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމަށެވެ. ނިޔާވެފައިވަނީ ބަނގްލަދޭޝްގެ ފިރިހެނެކެވެ. ފުލުހުން ގެންދަވަނީ މިޙާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.