English Edition
Dhivehi Edition
01 ޑިސެމްބަރު 2019ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (ޖޭއެސްސީ)

ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރުގެ ގޮތުގައި ސ. މަރަދޫ މޫންލައިޓް ހައުސް އުއްމުކުލްސުލް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޢާންމުންގެ ތެރެއިން ޖޭއެސްސީއަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު ހޮވުމަށްޓަކައި މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެމަޤާމަށް އުއްމުކުލްސުމް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

އުއްމު ކުލްސޫމްގެ އިތުރުން، ހ. ރޯޒްމެރީ، އާދަމް މިގްދާދްގެ ނަންވެސް މިއަދުގެ ތަޅުމަށް ފޮނުވާފައިވެއެވެ. ޢާންމުންގެ ތެރެއިން ޖޭއެސްސީއަށް މީހަކު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިޢުލާނަށް އިޖާބަދެއްވައި އެމަޤާމަށް ކުރިމަތިލެއްވީ ޖުމްލަ ފަސް ފަރާތަކުންނެވެ.

މި މަޤާމަށް ޢައްޔަން ކުރުމަށް މިއަދު ފާސްވެގެންދިޔަ އުންމުކުލްސޫމް މަސައްކަތް ކުރައްވަނީ ރާއްޖޭ އާސާރީ ތަންތަން ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ވުޒާރާ ހެރިޓޭޖް ގައެވެ.