English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް 2020 ގައި ސ.މީދޫ ވެޓަރެންސް އާއި އެތްލެޓިކް އެފްސީ ބައްދަލުކުރި މެޗު ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމިއްޖެއެވެ.

އިއްޔެ ކުޅުނު މި މުބާރާތުގެ ފަސްވަނަ މެޗުގައި މި ދެ ޓީމް ބައްދަލުކޮށް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ދެ ޓީމުންވެސް ވަނީ މި މެޗުގައި ވަރުގަދަ މޮޅު ކުޅުމެއް ކުޅެފައެވެ. އަދި ދެ ޓީމުންވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާފައިވާއިރު ކީޕަރުވަނީ މި ހަމަލާތައް ކުޅަދާނަކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ވިޝާލް އާއި ސަހާފްގެ ފަރާތުން ފާހަގަކޮށްލެވޭ ފަދަ ސމޮޅު ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިޝާލްއެވެ.

މި މުބާރާތުގައި ވިޓަރެންސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމް އެއްވަރުވެފައިވާއިރު، އެތްލެޓިކް އެފްސީ އާއި އެފްސީ އަމިގޯސް ބައްދަލު ކުރި މެޗުގައި އަމިގޯސް އިންވަނީ އެތްލެޓިކް އެފްސީ ކޮޅަށް 12 ލަނޑު ޖަހާފައެވެ.

މިއަދުވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ފުޅާ ލީޑަކާ އެކު އެއްވަނައިގައި އޮތް އެފްސީ އަމިގޯސް އާއި އެފްސީ ކިއުކަމްބާރ އެވެ.