English Edition
Dhivehi Edition

މީދޫ ޔޫތް ޗެލެންޖް 2020 ގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ސ.މީދޫ ވެޓަރެންސް އާއި އެފްސީ ކިއުކަމްބާރ ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ.

އިއްޔެ މީދޫ ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ދާދި އެއްވަރު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗު ނިމުނީ 4 ލަނޑު 4 ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގައި އެފްސީ ކިއުކަމްބާރގެ މުސައްވިރު އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު އަފްޟަލް އާއި ވިޝާހްވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. ވީޓަރެންސް އިން ކާމިޔާބު ކުރި ދެ ލަނޑު އެ ޓީމްގެ މިރްފާން ކާމިޔާބުކޮށްދިން އިރު ފަރްހާދް އާއި އަލީ ހުސާމް ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ކިއުކަމްބާރގެ މުސައްވިރު އެވެ.

No description available.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބްލެކް ހޯކްސް އާއި އެފްސީ ބަސްޕާކް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެފްސީ ބަސްޕާކް އެވެ. މި މެޗުގައި އެފްސީ ބަސްޕާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މި މެޗު ނިމިގެން ދިޔައީ 7 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި ބަސްޕާކްގެ އިމްރާން އެ ޓީމަށް 04 ލަނޑު ކާމިޔާބުކޮށްދިން އިރު ނައުފަލް އާއި އިންތިގެ އިތުރުން ނަސީފްވެސް ވަނީ ކޮންމެ ކުޅުންތެރިއަކަށް އެއް ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ބަސްޕާކުން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވާއިރު، ބަލެކް ހޯކްސްއިން ވަނީ އެ ޓީމް ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ކުޅުނު އިންތިއެވެ.

No description available.

މިއަދުވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ، ސ.މީދޫ ވެޓަރެންސް އާއި އެތްލެޓިކް އެފްސީއެވެ.